ރައީސް މުޢިއްޒު ފަލަސްތީނުގެ ރައީސް އާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Sep 2024 | 10:14
ރައީސް މުޢިއްޒު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވައިފި

އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގެ ތެރެއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނު ދައުލަތުގެ ރައީސް ޑރ. މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަހްމޫދު އައްބާސް ވަނީ ފަލަސްތީނު ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަކީވެސް އިންސާނުންކަމުން، އަޅުގަނޑުމެން ހަނގުރާމަ ހުއްޓާލުމަށް އެދެނީ" ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އައްބާސް ދެއްވި މެސެޖުގައި ވިދާޅުވިއެވެ.

މިއާއެކު، ރައީސް އައްބާސް ވަނީ ދިވެހިރާއްޖެއިން ދެމުންގެންދާ ދިގު މުއްދަތުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

"ފަލަސްތީނު ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެއްވާ އެހީތެރިކަން އަޅުގަނޑުމެޑުމެންނަށް އަބަދުވެސް އެނގޭ، އަދި ތިޔަ ބޭފޭފުޅުންގެ ދެމިގެންވާ އެއްބާރުލުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން" އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ވަނީ ފަލަސްތީނަށް ދިވެހިރާއްޖެއިން ކުރެވެންހުރި ހުރިހާ ގޮތަކުން އެހީތެރިވެދޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް އެބައިމީހުންގެ ޙައްޤުތައް ލިބޭނެކަމުގެ އުންމީދު ފާޅުކުރައްވައި، ފަލަސްތީނަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ. 

ހަމަ އެހެންމެ، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެ ރައީސުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުން ނިމުނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށާއި، ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ރައީސުން އަލުން ވަޢުދުވެވަޑައިގަތުމާ އެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.