ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
21 Jun 2024
ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރޭ!
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވަން އެ ޕާޓީއިން ނިންމައިފިއެވެ.
19 Jun 2024
ޢަބްދުލްޙަންނާން އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ތައުޒިޔާ ޢާއިލާއަށް
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަޤާމުގައި ދައުލަތަށް ޚިދުމަތްކުރައްވައި، ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
18 Jun 2024
ޙައްޖުގެ އިންތިޒާމުގެ ފުރިހަމަކަމަށް، ރައީސްގެ ޝުކުރު ސަޢޫދީ ސަރުކާރަށް
މިއަހަރުގެ ޙައްޖު މޫސުމުގައި، ޙައްޖާޖީންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާތީ، އެކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.
17 Jun 2024
ޒަކީ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
15 Jun 2024
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
15 Jun 2024
މި ޢީދުގައި ކޮންމެ ދިވެހި ރައްޔިތަކުމެ އިސްކުރަންވީ، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުން: ރައީސް ޑރ.މުޢިއްޒު
މި އަޟްހާ އީދުގައި ވެސް ދިވެހި ރައްޔިތުން އިސް ކުރަންވީ މުސްލިމުންގެ މުޤައްދަސް މިސްކިތާއި، ފަލަސްތީނުގެ އަހުލުވެރީންނަށް ދުއާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
15 Jun 2024
ހައްޖު ދުވަހުގެ ތަހުނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި
މިއަހަރުގެ ހައްޖު ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
13 Jun 2024
ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް އެއްބާރުލުން ދޭނެ: ވައިސް ޗެއާމަން، ބާޓަރ
ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް އެއްބާރުލުން ދޭނެކަމަށް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ ވިދާޅުވެއްޖެއެވެ.