ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Aug 2024 | 20:07
ފެނަކަ ކޯޕަރޭޝަން އެސް.ޓީ.އޯގެ ސަބްސިޑަރީއަކަށް ބަދަލުކުރަން ނިންމަވައިފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖައްސަން ރައީސް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.) އަށް ބަދަލުކޮށް، އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސުމަށް ނިންމަވާފައެވެ. މި ނިންމެވުން ނިންމެވީ 25 އޯގަސްޓު 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސް ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެންނެވެ.

މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމެވެ. މި ބަދަލާ ގުޅިގެން އެސް.ޓީ.އޯގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނެވޭނެއެވެ. އަދި ފެނަކައިގެ ގަވަރނަންސް ހަރުދަނާކޮށް، ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމުގެ އިޚްތިޔާރު އެސް.ޓީ.އޯއަށް ލިބިގެންދާނެއެވެ.

މުވައްޒަފުންނާ ގުޅޭގޮތުން، ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސް.ޓީ.އޯއަށް ލިބިގެންދާނެއެވެ. ނަމަވެސް، ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުމަށް ވަނީ ނިންމާފައެވެ.

މި ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފައްދާ، 2024 ވަނަ އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ވަނީ ނިންމާފައެވެ.

މި ބަދަލަކީ ޔުޓިލިޓީ ސެކްޓަރަށް އަންނަ ބޮޑު ބަދަލެއްކަމަށް ބެލެވޭއިރު، މީގެ ސަބަބުން ފެނަކައިގެ ޚިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި، ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.