22 Apr 2024
ޕީއެންސީން ހޯދި ކާމިޔާބީ އަށް ރައީސް ނަޝީދުގެ މަރުޙަބާ!
އިއްޔެ ބޭއްވުނު 20 ވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ހޯދި ކާމިޔާބީ އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
22 Apr 2024
ރައީސް އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ސާފުވެއްޖެ: ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
22 Apr 2024
މިއީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ލިބުނު ކާމިޔާބީއެއް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސްއަށް ލިބުނު ކާމިޔާބީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް-ޕީއެންސީ ކޯލިޝަން އިން ހޯދި ފުރިހަމަ ކާމިޔާބީއެއް ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
22 Apr 2024
ރިޔާސީ އިންތިޚާބު ކާމިޔާބުވީ ހުސްގޮނޑި ދައްކައިގެން ނޫންކަން ޔަގީންވޭ
މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދޔ މުޢިއްޒުއަށް ލިބިލެއްވި ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން އިއްޔެ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު މެޖޯރިޓީން އެނގި ކަށަވަރުވެފައިވާ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
21 Apr 2024
ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ މަސައްކަތް ޝުކުރާއެކު ބަލައިގަންނަން
ރެއާއި ދުވާލު ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ ހިންމަތާއި މިންނަތް ޝުކުރާއެކު ހުރިހާ ދިވެހީންވެސް ބަލައިގަންނަ ކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Apr 2024
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވޯޓު ލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގައި ވޯޓު ދެއްވައިފިއެވެ.
20 Apr 2024
ތިލަމާލެ ބްރިޖު ނިންމަން އޮތް ތާރީޚަށްވުރެ ތިން މަސް ކުރިން ނިންމާލެވޭނެ
ކުރީ ސަރުކާރުން ފެށި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫޢު، ތިލަމާލެ ބްރިޖުގެ މަޝްރޫޢު މީގެ ކުރިން ނިންމެން އޮތް ތާރީޚަށްވުރެ ތިންމަސް ކުރިން ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
19 Apr 2024
މާލެއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮަށްދޭނަން: ރައީސް މުޢިއްޒު
އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިކަންކުރާ މާލެ ސިޓީއާއި އެއް ފެންވަރަށް އައްޑޫ ސިޓީ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.