ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޖަޔަޝަންކަރު ރައީސް މުއިއްޒު އާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން... ފޮޓޯ/ ޖަޔަޝަންކަރު ޓްވިޓަރ
ހަބަރު
10 Aug 2024 | 20:33
ބެހެއްޓެވި ގާތްކަމާއި ލިބިވަޑައިގެންނެވި ފުރިހަމަ މެހެމާންދާރީއަށް، ޖަޔަޝަންކަރުގެ ޝުކުރު ރައީސް މުއިއްޒުއަށް

ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ބެހެއްޓެވި ގާތްކަމާއި ލިބިވަޑައިގެންނެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރު ޖަޔަޝަންކަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް، ޝުކުރުއަދާ ކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިޔަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ބޭއްވި ރަސްމީ ބައްދަލުވުންތަކަށްފަހު ޑރ.މުއިއްޒު ވަނީ އިންޑިއާ އާ ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި ކަންކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާ އެއްބާރުލުމާއި،  ދެގޮތެއްނުވެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ، ދެ ގައުމުގެ ގުޅިގެން އުޖާލާ، ފާގަތި މުސްތަޤްބަލެއް ބިނާކުރައްވާނެކަން ފާހަގަކުރައްވާފައެވެ. 

ރައީސްގެ އެ ޕޯސްޓާ ގުޅިގެން ޖަޔަޝަންކަރު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ކިޔުއްވި މަރުހަބާ އާއި ބެހެއްޓެވި ގާތްކަމަށާއި ލިބިވަޑައިގެންނެވި ފުރިހަމަ މެހެމާންދާރީއަށް ރައީސް ޑރ.މުއިއްޒުއަށް ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއިން ބޭނުންވާ ކަންކަމުގައި ކުރިއަށްދިއުމަށް ރާއްޖެއާއެކު އިންޑިއާ އަބަދުވެސް އޮންނާނޭކަން ޖަޔަޝަންކަރުގެ ޕޯސްޓްގައި ވަނީ ތަކުރާރުކުރައްވާފައެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރު ޖަޔަޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. ޖަޔަޝަންކަރުގެ މި ދަތުރުފުޅުގައި ވަނީ، އިންޑިއާގެ އެހީގައި ރާއްޖޭގެ 28 ރަށެއްގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އެކިއެކި ދާއިރާތައް ކުރިއެރުވުމަށް އެއްބަސްވުންތައް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ޖަޔަޝަންކަރު މިއަދު މެންދުރުފަހު ވަނީ ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްގެންދާ ގޮތްވެސް ބައްލަވާލައްވާފައެވެ. 

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖަޔަޝަންކަރު އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް ނިންމާފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.