ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޔާމީން އަދި ކެބިނެޓުން ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް.
ހަބަރު
30 Aug 2024 | 21:54
ބްރިޖުގެ އެންމެ ލޭނެއްވެސް މަދެއް ނުވާނެ، އެހުރީ އަޅުގަނޑާ މަސައްކަތް ހަވާލުކުރިއިރު ހުރި އަދަދަށް: ރައީސް މުޢިއްޒު

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ހައުސިން މިނިސްޓަރ ކަމުގައި އަޅާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އެންމެ ލޭނެއްވެސް މަދު ނޫން ކަމަށް ރައީސް މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. 

ސަންގު ޓީވީން ގެނެސްދިން ރައީސް މުޢިއްޒުގެ ޚާއްސަ ބަސްދީގަތުމެއްގައި އެމަނިކުފާނުވަނީ، ބްރިޖުން ލޭނެއް މަދުކޮށް ހަދާފައިވާ ކަމަށް ދެކެވެމުންދާ ވާހަކައިގެ ހަގީގަތް ވަރަށް ތަފްސީލް ކޮށް ވިދާޅުވެދެއްވާފައެވެ. 

އެގޮތުން ރައީސް ވިދާޅުވީ، ސިނަމާލެ ބުރިޖުގެ މަސައްކަތް އެމަނިކުފާނާއި ހަވާލުވި ހިސާބުންފެށިގެސް އެ މަސައްކަތް ކުރިއަށް ގެންދެވީ ވަރަށްވެސް ސަމާލުކަންދީގެން، ކުރެވެން އޮތް އެންމެ ރަނގަޅަށް ކުރުމުގެ އަޒުމުގައި ކަމަށެވެ.

ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގެ ތެރެއިން

އަދި ބްރިޖުގެ މަޝްރޫޢުގެ މަޝްވަރާތައް ރާއްޖޭގެ ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ކުރިން ކުރެވުނު ނަމަވެސް، ހައުސިންގ މިނިސްޓްރީއާއި އެ މަޝްރޫޢޫ ހަވާލު ކުރުމުގެ ކުރިން ހިނގައިދިޔަ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވިގޮތުގައި، ބްރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށްގެނެވުނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު-ނޮވެމްބަރު ހިސާބު ކަމަށާ އެ ހަވާލު ކުރެވުނު އިރު، ލޭނު ހުރި އަދަދަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. 

"އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނުވޭ. އެންމެ ފުރަތަމަ ވެސް އަޅުގަނޑާއި ހަވާލު ހިސާބުން އޮތީ ހަމަ ކޮޅަކަށް 2 ލޭނު. ސައިޑުގަ ޕެޑެސްޓްރިއަން ނޫނީ ބައިސިކަލް ދުއްވާ ލޭނެއްގެ ގޮތުގައި ކަނޑައަޅައި ހިމަނާފަ އޮތީ. އިތުރުވި މީޓަރެއް ވަރު. އިތުރު ކުރި ހެވީ ވެހިކަލްސްތަކަށް ކަނޑައަޅާފައި އިން ލޭނު އިތުރަށް ފުޅާ ކުރަން"

ރައީސް ޑރ މުހައްމަދު މުޢިއްޒު

ބްރިޖުގެ މަސައްކަތް އޭރުގެ ހައުސިންގ މިނިސްޓަރ އަދި އަދުގެ ރައީސް ޑރ މުއިއްޒު ބައްލަވާ ލަނީ

"2014 ވަނަ އަހަރުގެ ސެޕްޓެމްބަރު-އޮކްޓޯބަރުގެ ކުރިއަށް އެއްވެސް ކަމެއް ހިނގާފައި އޮތް ކަމެއް އަޅުގަނޑަކަށް ނޭނގޭ. ގައިމު ވެސް ހައުސިން މިނިސްޓްރީ އާއި ކޮމިއުނިކޭޓް ކުރި އެއްވެސް ސިޓީއެއްގައި ނެތް އެއަށްވުރެ އިތުރަށް ލޭނު ހުރި ވާހަކައެއް ވެސް އަދި އިތުރު ކުރެހުމެއް ވެސް ނެތް" ހައުސިންގ މިނިސްޓްރީއާއި ހަވާލު ކުރެވުނުއިރު ހުރި އަދަދަށްވުރެ ލޭނު މަދު ނުވާ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ކަންމިހެން ހުރި ނަމަވެސް، ބްރިޖުގެ މަސައްކަތް ނިމެން ގާތްގަނޑަކަށް އެއްމަސް ނުވަތަ ދެމަސްވެފައި ވަނިކޮށް ރައީސް ޔާމީން ބްރިޖު ކޮމިޓިއާއި ބައްދަލުކޮށް، ސައިކަލަށް ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް، މަސައްކަތް ކުރިއަށް ގޮސްފައި އޮތް ހިސާބުގެ ގޮތުން އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވި ކަމަށާ، އެހެން ވިދާޅުވުމުން ބައިސްކަލުދުއްވުމަށާއި ހިނގުމަށް ކަނޑައަޅާފައިވާ ލޭނު ސައިކަލު ދުއްވާ ގޮތަށް ހެދުމަށް ރައީސް ޔާމީން އެދިލެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަބަދުވެސް އަޅުގަނޑުމެން ހުރިހާ މިނިސްޓަރުން ވެސް ބަލާނެ ރައީސް ވިދާޅުވެއްޖެއްޔާ އެގޮތަށް އެކަމެއް ކުރެވޭތޯ. އަޅުގަނޑުމެން ފިޒިކަލީ ވެސް އެ ލޭނު މައްޗަށް ސައިކަލު އަރުވައިގެން ދުއްވޭތޯ ވެސް ބެލިން. ދެން އެތާގެ ތިރީގައި އަޅާފައި އޮންނަ ލޭޔަރ އެއީކީ އަސްލު ހަގީގަތުގައި ހެވީ ވެހިކަލްސް ނޫނީ ސައިކަލު ވެސް ދުއްވާކަށް އޮންނަ ސްލެބެއް ނޫން. އެއީ ބައިސްކަލު ދުއްވަން ނޫނީ، ހަމަ ހިނގަން ހާއްސަކޮށްފައި އޮތް ތަނެއް.“

ރައީސް ޑރ މުހައްމަދު މުޢިއްޒު

މީގެ އިތުރުން، ބާކީ އޮތް އެއްމަސް ދުވަހުގެ ތެރޭގައި، ޗައިނާ ސަފީރާއި، އެގައުމުގެ ސަރުކާރުގެ ފަރާތްތަކާއިވެސް އެކި ގޮތް ގޮތުން މަޝްވަރާ ކުރައްވައި އިތުރު ލޭނެއް ހެދޭތޯ މަސައްކަތް ކުރެއްވިކަމަށާ ނަމަވެސް މާބޮޑަށް ލަސްވެފައި ވުމުން އިތުރު ލޭނެއް ކަނޑަނޭޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތް ރައީސް ޔާމީނާއި ކެބިނެޓް ބައްލަވާލަނީ

އެފަހުން، ބްރިޖު ހުޅުވަން ގާތްގަނޑަކަށް ހަފްތާއަކަށް ވެފައި ވަނިކޮށް ޕީޕީއެމްގެ އޮފީސް ސަކީނާމަންޒިލަށް، ޕާޓީގެ އަދި ސަރުކާރުގެ އިސްބޭފުޅުން ހިމެނޭހެން 40 އެއްހާ ބޭފުޅުން ގެންނަވައި، ބްރިޖުގައި ސައިކަލަށް ވަކި ލޭނެއް ނެތް ނަމަ ނުހުޅުވޭނެ ކަމަށް ޔާމީން އެންގި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތަށް ޔާމީން ވިދާޅުވުމުން ވެސް އެކަން ނުވާނެ ކަމަށާ، އެކަންވޭތޯ މަސައްކަތް ކުރެއްވި ކަމަށް ކިޔައި ދެއްވި ކަމަށާއި އެވަރުންވެސް، ޔާމީން "ވިދާޅުވިީ ބްރިޖެއް ނުހުޅުވާނަމޭ، ނިމުނީއޭ. އެހެން ވިދާޅުވެފައި މީޓިން ނިންމަވާލެއްވީ،" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން އެހެން ވިދާޅުވުމުން ވަރަށް ބޮޑަށް އަސަރު ކުރެއްވި ކަމަށާ، ކުރި އަސަރުގެ ބޮޑުކަމުން ކީރިތި ކުރެއްވުނު ކަމަށެވެ. އެހެން ދިމާވީ ބްރިޖުގެ މަސައްކަތް ފުރިހަމައަށް ނިމި، އެކަމުގައި އެހާ ބޮޑަށް މަސައްކަތް ކުރެއްވުމުން ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ވާހަކައިގެ ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރި. [އަބްދުއްރަހީމް] އެ ވިދާޅުވީ ރަނގަޅަށް ހަމަ. ރޮވުނު ހަމަ،" ރައީސް ވިދާޅުވި އެވެ.

"އެވަރުން ވެސް އަޅުގަނޑު ދުލެއް ނުކުރަން. ގެއަށް ވަޑައިގަތީމަ ފޮނު ކޮށްފަ އަޅުގަނޑު ދެންނެވީ މިހާ ލަސްވެފަ. އޭރު ބްރިޖު ހުޅުވަން އޮތީ ހަފްތާއެއް. އަޅުގަނޑު ދެންނެވިން އަޅުގަނޑު އެދެމޭ އަދިވެސް ރައީސް ރީކޮންސިޑަރ ކޮށްދެއްވުމަށް، ބްރިޖު ނުހުޅުއްވައިފިއްޔާ ދެގައުމުގެ ގުޅުމަށް ވެސް އަސަރުކުރާނެ ނޫން ހެއްޔޭ. ރައީސް ވިދާޅުވި ހިސާބުން ވަކި ލޭނެއް ހެދޭތޯ އަޅުގަނޑު މަސައްކަތް ކުރީމޭ. ދެން ވިދާޅުވެއްޖެ އެންމެ ރަނގަޅޭ މިހާރު ތި އޮތް ގޮތަށް ކުރިއަށް ގެންދާށޭ. މައްސަލައެއް ނެތޭ. ސްޕީޑް ބްރޭކާސް ހަރުކޮށްގެން ކުރިއަށް ގެންދަން"

ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރެއްވީ ދީފައިވާ މުއްދަތު ތެރޭގައި ކޮލިޓީ ރަނގަޅުކޮށް، ބަޖެޓުގެ ތެެރެއިން ބްރިޖު ނިންމުމަށް ކަމަށެވެ. އަދި އެގޮތަށް މަޝްރޫއު ނިންމަން އޮތް މުއްދަތަށްވުރެ ދެ މަސް އަވަސްކޮށް މަޝްރޫއު ނިންމާލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.