ރައީސް ޑރ.މުއިއްޒު ސަންގުޓީވީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ...
ހަބަރު
30 Aug 2024 | 22:06
އަދީބު އާއެކު އޮތީ ކެބިނެޓް ވަޒީރަކަށް ވީތީ އޮތް ގުޅުމެއް އެކަނި: ރައީސް މުއިއްޒު

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އާއެކު އޮތީ ކެބިނެޓް ވަޒީރަކަށް ވީތީ އޮތް ގުޅުމެއް އެކަނި ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައެއް ނޯންނާނޭކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އާ، އެމަނިކުފާނާ ހާއްސަ ގުޅުމެއް ނޯންނާނެ ކަމަށާއި އޮތަސް އޮންނާނީ ކެބިނެޓްގައި ހިމެނުނީތީވެ އެ އޮންނަ ގުޅުމެއް އެކަނި ކަމަށެވެ. މި ޕްރޮގްރާމްގައި ރައީސް ޑރ.މުއިއްޒު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އަހުމަދު އަދީބު އަތުން 14 މިލިއަން ރުފިޔާ އެމަނިކުފާނު ނަންގަވާފައިވާކަމަށް ކުރީގެ ރައީސް ޔާމިނު ކުރައްވަމުން ގެންދަވާ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަދީބުއަތުން ފައިސާ ނެންގެވިކަމަށް ދެއްކެވި ވާހަކަތަކާމެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި، އެފަދަ ވާހަކަތައް ދައްކަވަމުންގެންދަވާ މަޤްސަދު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އެއްވެސް އިރަކު އަދީބު އާ ބައްދަލުކުރައްވާފައި ނުވާނޭކަމަށާއި، ހާއްސަކޮށް ފިނިފެންމާ ލޯންޗްގެ ހާދިސާއަށްފަހު އަދީބު އާ އެއްގޮތަކަށްވެސް ދިމާވެފައި ނުވާނޭކަމަށެވެ. 

އެއްދުވަހަކު މީހެއްގެ ޖަނާޒާއަށް އާސަހަރާއަށް އަޅުގަނޑުދިޔައިރު އެތާ ދޮރުމަތީގައި ހުރިތަން ދުށިން. އެއީ ފިޒިކަލީވެސް ބޮންގޮއްވުމުގެ ހާދިސާއަށްފަހު ފެނުނު ދުވަހަކީވެސް. ދުވަހަކުވެސް އަޅުގަނޑު އަދީބަކާ ބައްދަލެއް ނުކުރަން

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަހުމަދު އަދީބުވެސް އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިނުވާކަމަށާއި، މީގެކުރިން ދެމީހުން ބައްދަލުވި ނަމަވެސް ބައްދަލުވެފައި ހުންނާނީ އެހެން ވަޒީރުން ނުވަތަ އެހެންމީހުންނާއެކު ބޭއްވުނު ބައްދަލުވުންތަކުން އެކަނި ކަމަށެވެ. އެހެންކަމުން އަހުމަދު އަދީބުއާ ސިންގަޕޫރުން ނަމަވެސް ބައްދަލު ކުރެއްވިކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ކަހަލަ އަސްލެއްނެތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިފަހުން ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ، ޕާޓީ އޮފީހުގައި ދެކެވޭ ވާހަކަތައް ހޯދައި ޖާސޫސު ކުރެއްވުމަށް ރައީސް މުއިއްޒު، އަހުމަދު އަދީބު އަތުން 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކުރައްވާފައެވެ. މިކަން ކުރީގެ ޕޮލިސްކޮމިޝަނަރު ޢަބްދުﷲ ރިޔާޒަށް އެނގިވަޑައިގަންނަވާނޭކަމަށްވެސް ރައީސް ޔާމީނު ވަނީ ތުހުމަތު ކުރައްވާފައެވެ. ރައީސް ޔާމީނުގެ އެ ވާހަކަތައް ޢަބްދުﷲ ރިޔާޒް ވަނީ ދޮގުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.