ރައީސް ޑރ.މުއިއްޒު ޖަލްސާގައި ވާހަކަ ދައްކަވަނީ..
ހަބަރު
26 Aug 2024 | 22:11
ރައީސް ޑރ.މުއިއްޒުވެސް ވިދާޅުވީ، އިއްޔެ ކުރަން އުޅުނީ ބަގާވާތެއްކަމަށް

ބޭންކް އޮފް މޯލްޑިވްސް އިން އިދިކޮޅު ފަރާތްތަކާ ގުޅިގެން އިއްޔެ ކުރަން އުޅުނީ ހަމަ ރަނގަޅަށްވެސް ބަގާވާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މިރޭގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިގޮތަށް އިއްޔެ ހިންގަން އުޅުނީ ބަގާވާތެއް ކަމަށާއި، އެކަމުގައި ހުދު އެމަނިކުފާނަށްވެސް ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކަނޑާނުލުމަށް އެމަނިކުފާނު ބީއެމްއެލަށް އަންގާފައިވާނޭކަމަށެވެ. 

ބީއެމްއެލްގެ ނިންމުން ބަދަލުކުރުމަށް ސަރުކާރުން އިއްޔެ ކެނޑިނޭޅީ ހަވީރުގެ ވަގުތާ ހަމަޔަށް މަސައްކަތް ކުރަމުން ދިޔަކަމަށާއި، މިހާރު ބޭންކުގެ ބޯޑުގައި ސަރުކާރުގެ ބާރެއް މިވަގުތު ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަން މިކުރީ ދުރާލާ ރޭވިގެން. ފުލުހުން މިހާރު އެދަކީ އެކަން ބަލަމުން

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިއްޔެގެ އެ ހައްސާސް ވަގުތުގައި ބީއެމްއެލްގެ ބޯޑުގައި ތިބި ސަރުކާރު ޑިރެކްޓަރުންނާއި، އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތަމްސީލްކުރާ ޑިރެކްޓަރުން ގުޅިގެން ސަރުކާރަށް އެއްބާރުލުން ދިންކަމަށެވެ. މިގޮތުން ބީއެމްއެލް އާއްމު ޑިރެކްޓަރުންގެ ފަރާތުން ޗަމްޕާ މުހައްމަދު މޫސާގެ ފަރާތުން ލިބުނު އެއްބާރުލުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ބީއެމްއެލްގެ ކަންކަން ހުރިގޮތުން އަދި މިހާތަނަށް ޗެއާމަނަކުވެސް އައްޔަނުކޮށް ނުނިމޭކަން ފާހަގަކުރައްވާފައެވެ. ބޭންކަށް ޗެއާމަނެއް އައްޔަނުކުރުމަށް ސަރުކާރުން ނިންމަންޖެހޭ ކަންކަން ވަނީ ނިންމާފައެވެ.

ރައީސް ވިދާޅުވީ އިއްޔެ ހިނގާދިޔަ ކަންތައްތަކުގައި ޤާނޫނާ ހިލާފް ކަންތައްތަކެއް ހުރިކަން ފާހަގަވެގެން ފުލުހުން މިހާރު އެކަން ބަލަމުންދާކަމަށެވެ. މިކަން ވީގޮތް ހާމަވާނީ ފުލުހުންކުރާ ތަހުގީގުތަކަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.