ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
06 May 2024
ސަޢުދީ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ސަޢުދީ ޢަރަބިއްޔާގެ އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ރައީސް ޑރ.މުޢިއްޒު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދުއަށް ވަކިވަކިން ތަޢުޒިޔާގެ މެސެޖުތަކެއް ފޮނުއްވާފައެވެ. އަދި މި މެސެޖުތަކުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކު ކަމަށެވެ.
06 May 2024
ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާ އެކު ރައީސަށް ސުވާލު ފޮނުވޭނެ ނިޒާމެއް ޤާއިމްކުރަނީ
ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަކަށްވެސް ރައީސުލްޖުމްރޫހިއްޔާއާ ސުވާލުކުރެވޭނެ ނިޒާމެއް ޤާއިމްކުރަން ނިންމަވާފައިވާކަމަށް  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
06 May 2024
ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެ ކަނބަލުން އެނބުރި މާލެ ވަޑައިގެންފި
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނަބަލުން ރޭ ރާއްޖެ ވަޑައިގެންފިއެވެ.
04 May 2024
ހުޅުމާލެއިން މީޑިއާތަކަށް ބިމެއް ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހުޅުމާލެއިން މީޑިއާތަކަށް ބިމެއް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
04 May 2024
އިސްލާމިކް ސަމިޓުގައި ރައީސްގެ މަންދޫބަކަށް ވަޒީރު ޑރ.ޝަހީމް
އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
03 May 2024
ރައީސް އަބަދުވެސް ‎މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
03 May 2024
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ވަކި އިނާޔަތެއް ދޭނަން: ރައީސް މުޢިއްޒު
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
03 May 2024
ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނައި، ޙަޤީޤަތްވެސް ހޯދައިބަލަންޖެހޭ
ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
02 May 2024
ޑރ. ރަމްޝާ ނިޔާވުމުންރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޑރ. ރަމްޝާ ނިޔާވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޚިދުމަތްތެރި އަދި ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އަޅުގަނޑު އެމަނިކުފާނު އަޑުއެހީ ފުން ހިތާމަޔާ އެކުގައި ކަމަށެވެ. އަދި މަރްޙޫމާ ޑރ. ރަމްޝާއަށް ﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ޑރ. މުޢިއްޒުވަނީ ދުޢާ ކުރައްވާފައެވެ.
02 May 2024
ރޯދަމަހުގެ ބިލްތަކަށް ލުއި ނުލިބޭ މައްސަލަ ޙައްލުކުރަން ރައީސް ޑރ.މުޢިއްޒު އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.