ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
21 Mar 2026
އޭޕްރީލް މަހު ގިރާވަރުފަޅު ހިއްކައި ނިންމައި، ޖޫން މަހު ގޯތި ދޫކުރަން ފެށޭނެ
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު ބާރުމިނުގައި ކުރިއަށްދާކަމަށާ، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ފަޅު އެއްކޮށް ހިއްކައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
21 Mar 2026
ސަލްޓަން ޕާކު ތަރައްގީކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސް ބައްލަވާލައްވައިފި
ސަލްޓަން ޕާކު އަލުން ތަރައްގީ ކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓާ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިން މަރުކަޒެއް ވެސް ގާއިމުކުރެވިގެންދާނެ އެވެ.
19 Mar 2026
ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނައިފި
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
19 Mar 2026
މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވެއްޖެ
ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
17 Mar 2026
ހިޔާލު ހޯދުމުގެ ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރީ ގާނޫނާ އެއްގޮތަށް: އޭޖީ
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، ދެ މަގްސަދެއް ހާސިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
17 Mar 2026
ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން އަންގައިފިން
އދ. ދިގުރަށުގައި މާރިޗް 13ގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވެ، އިތުރު ދެ ރައްޔިތަކަށް އަނިޔާވި މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
16 Mar 2026
ރައީސްގެ ތައުޒިޔާ، މުޢިއްޒަކީ ހިތްވަރުގަދަ ކަމުގައި ރީތި ނަމޫނާއެއް ދެއްކި ޒުވާނެއް
ރައީސް ވިދާޅުވީ މުއިއްޒު ވިދާޅުވީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުން ވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމަށް
16 Mar 2026
އިބްރާހީމް އަބޫބަކުރު ފަހަތަށް ޖެހި އަރީޝްއަށް ތާއީދު ކުރަން ނިންމައިފި
އިބްރާހިމް އަބޫބަކުރަކީ މިހާރުވެސް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރެވެ. އަރީޝް އަކީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރެވެ.