މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Mar 2026 | 10:14
ޔޫސަބަލް ރިޒާވް އަދިވެސް ހުރީ 300 މިލިއަން ޑޮލަރަށްވުރެ މަތީގައި؛ ސުކޫކު ދެއްކުމުގައި ދައްޗެއް ނެތް: ރައީސް

ރާއްޖޭގެ ޔޫސަބަލް ރިޒާވް އަދިވެސް ހުރީ 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށާ، އަންނަ އޭޕްރީލް މަހުގައި ދައްކަންޖެހޭ ސުކޫކު ދެއްކުމުގައި ދައްޗެއް ނެތް ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ގްރޮސް ރިޒާވް މީގެ ކުރިން މައްޗަށް ނުދާ މިންވަރަށް މައްޗަށް ގޮސްފައިވާ ކަމަށާ، ރިޒާވްގައި އަދިވެސް 1.2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި ކަމަށެވެ.

ގްރޮސް ރިޒާވްވެސް 18 މާރިޗާ ހަމައަށް ދިޔައިރުގައި ހުރީ މީގެ ކުރިންވެސް ރާއްޖޭގެ ރިޒާވް މައްޗަށް ނުދާ މިންވަރަށް ގެންދެވިފައި. 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި އަދިވެސް ރިޒާވް މެއިންޓެއިން ކުރެވޭ. ޔޫސަބަލް ރިޒާވްވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި މެއިންކިރެވޭ އަދިވެސް. ސުކޫކް ޕޭމަންޓްވެސް ކުރީގައި އޮތް ގޮތަށް 8 އޭޕްރީލްގައި ޕޭ ކުރުމުގައި އެއްވެސް ކަހަލަ ތަފާތެއް ނާދޭ. އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށްދާނެ

ރައީސް މުޙައްމަދު މުޢިއްޒު


މިމަހު ދެވަނަ ދުވަހު ރައީސް މުޢިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެމަނިކުފާނު ވަނީ މި އަހަރު އޭޕްރީލް 8 ގައި ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކޭ މިންވަރަށް ފައިސާ ރައްކާ ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. 

”މިއަދު ސުކޫކް ޕޭ ކުރަންޖެހުނަސް ޕޭ ކުރެވޭ ވަރަށް ފައިސާ އެބަހުރި. މިއަދު މިހާރު ޕޭކުރަންޖެހުނަސް ޕޭ ކިރެވޭ ވަރަށް ފައިސާ އެބަހުރި. އާދެ 500 މިލިއަން ޑޮލަރުގެ ސުކޫކް 8 އޭޕްރީލް 2026 ގައި ސަރުކާރުން ދައްކަން ވާނީ ނިންމާފައި. އެއީ ދައްކަންޖެހޭ ދުވަސް.“ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

އެގޮތުން ރައީސް ވިދާޅުވީ، ސުކޫކް ދެއްކުމަށް 650 މިލިއަން ޑޮލަރަށްވުރެ ގިނައިން ފައިސާ ރައްކާ ކުރެވިފައިވާ ކަމަށާ، އޭގެތެރެއިން 320 މިލިއަން ޑޮލަރަކީ އެސްޑީއެފްގައި ރައްކާކުރެވިފައިވާ ފައިސާ ކަމަށެެވެ. އަދި އަނެއް 330 މިލިއަން ޑޮލަރަކީ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާ ކަމަށެވެ. 

”ސުކޫކް ދެއްކުމަށް މިހާރު ރައްކާކޮށްފައި އެބަހުރި 650 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ. 500 މިލިއަން ދައްކާފައި ބާކީވެސް އެހެންވީމާ 150 މިލިއަން ޑޮލަރަށްވުރެ ގިނައިން ހުންނާނެ. މި 650 މިލިއަން ޑޮލަރުގެ ތެރެއިން 320 މިލިއަން ޑޮލަރު ސޮވެރެއިން ޑިވޮލަޕްމަންޓް ފަންޑުގައި އެބަހުރި ރޭގެ ނިޔަލަށް. ރޭގެ ނިޔަލަށް 320 މިލިއަން ޑޮލަރަށްވުރެ ގިނައިން ރައްކާކޮށްފިން. އަދި ޔުޒަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރަށްވުރެ ގިނައިން އެބަހުރި. އެހެންވީމާ ޖުމްލަ 650 މިލޮއަނަށްވުރެ ގިނަ ފައިސާ އެބަހުރި އަޅުގަނޑުމެން އަތުގައި.“ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ ތާރީޚްގައިވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ ވަރަށް މިހާރު މައްޗަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 1.27 ބިލިއަން ޑޮލަރު ގްރޮސް ރިޒާވްގައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.