ރައީސް ޑރ. މުޙައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Mar 2026 | 10:34
މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ގާނޫނެއް ތައާރަފްކުރުމަށް މި ދައުރުގައި ބިލް ހުށަހަޅާނެ: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި ޚާއްސަ ގާނޫނެއް ވުޖޫދު ކުރުމަށްޓަކައި، އޭގެ ބިލް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ބިލް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަވެފައި ތިބި މީހުން އެބަތިބި ކަމަށާ އެފަދަ ފަރާތްތަކަށް އެ އަދަބު ތަންފީޒުނުކުރައްވައި އެކަން މަޑު ޖައްސާލައިގެން ހުރުމަކީ އެ މަނިކުފާނަށް އޮތް ”ޗޮއިސްއެއް“ ނޫންކަމަށެވެ.

ހުރިހާ މަރުހަލާއެއް ނިމިފައިވާ ފަރާތަކަށް މަރުގެ ހުކުމް ތަންފީޒުނުކޮށް ބެހެއްޓުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސްއެއް ނޫން. އެ މަރާލިފަރާތުގެ އާއިލާއިންވެސް މާފު ނުކުރާ، ހުރިހާ މަރުހަލާއެއްވެސް ނިމިފައިވާ ފަރާތްތައް އެބަތިބި އަދިވެސް ހަމަ ތިބިގޮތަށް ތިބީ. 

ރައީސް ޑރ. މުޙައްމަދު މުއިއްޒު

މީގެ އިތުރުން ޑްރަގް ޓްރެފިކިން ގެ މައްސަލާގައި ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވަކިވަރަކަށްވުރެ ގިނައިން ޑްރަގް އެތެރެކުރާ މީހުންނަށްވެސް މަރުގެ އަދަބުދޭން ފާސްކުރެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކަށްވެސް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން އަދި މިހާތަނަށް ކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން މަރުގެ އަދަބު ތަންފީޒުކުރުމަށް، އެކަމަށް ޚާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލަންޖެހޭ ކަމަށާ، ހަމައެކަނި ގަވާއިދެއް ނުވަތަ އުސޫލެއްގެ ދަށުން އެކަން ކުރެވުމުގެ ބަދަލުގައި ގާނޫނެއްގެދަށުން އެކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަރުގެ އަދަބު ތަންފީޒު ކުރުމަށް ޚާއްސަ ގާނޫނެއް ގެނައުމަށް އެކަމާ ބެހޭ ބިލެއް އެބަ ތައްޔާރު ކުރަން. މި ބިލު ނިމުމަކާ ހަމައަށް ގޮސްފައިވަނީ. މިހާރު ހިނގަމުންދާ މަޖިލީހުގެ މި ހިނގަމުންދާ ދައުރުގެ ތެރޭގައި،  މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން. 

ރައީސް ޑރ. މުޙައްމަދު މުއިއްޒު

އަދި އެބިލު ތަސްދީގު ކުރެވުމުން، ޝަރުޢީ ހުރިހާ މަރުޙަލާއެއް ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކުގެ މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިއީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމަށްޓަކައި، އަދި ސޯޝަލް ޖަސްޓިސް ގާއިމް ކުރުމަށް ކުރަންޖެހޭ ކަމެއް. އިސްލާމީ ގައުމެއްގައި އެ އޮންނަ އުސޫލުގެ ދަށުން ހުރިހާ ކަމެއް ފުރިހަމަވެފައިވާއިރު އެކަން ހިފެހެއްޓުމަކީ ދައުލަތަށް އޮތް ޗޮއިސްއެއް ނޫން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.