07 Oct 2025
މަޖިލީހުގެ މި ދައުރަށް 27 ބިލެއް، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ބިލް ހިމެނޭ
އެމަނިކުފާނު ވިދާޅުވީ އެންމެ އިސް އެއް ސިޔާސަތަކީ ޚިޔާނާތާއި ވައްކަމަށް އޮތް މަގު ބަންދު ކުރުމެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
07 Oct 2025
ޕާސްޕޯޓް/އައިޑީކާޑު ހިދުމަތް ހުރިހާ އަތޮޅުން، ރިޔާސީ ވައުދު ފުއްދަވައިފި
އދ އަތޮޅުގައި އެ ހިދުމަތް ރަސްމީކޮށް ފަށާފަ އެވެ. އެ ގޮތުން އދ މަހިބަދޫގައި މިރޭ ވަނީ އައިޑީކާޑުގެ ހިދުމަތާއި ޕާސްޕޯޓްގެ ހިދުމަތް ފަށާފަ އެވެ. އެ ހިދުމަތް ފެށުމުގެ ގޮތުން ވަނީ އެ ރަށުގެ ރައްޔިތަކަށް ޕާސްޕޯޓް ދޫކޮށްފަ އެވެ.
07 Oct 2025
އޮމަދޫއަށް ދެ ފަޅާއި ރަށެއް؛ މަންފާ ހޯދުމަށް ފުރިހަމަ އެހީ އޮންނާނެ
ސަރުކާރުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތީން އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި އެ ފަޅުތައް، އޮމަދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކުރައްވާފަ އެވެ.
07 Oct 2025
ހަންޏާމީދޫއަށް އަތަފަރު، އަލިކޮއެ ޓޫރިސްޓުންނަށް ޚާއްސަ ރަށަކަށް ހަދަނީ
އެ ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
07 Oct 2025
ފޮފަޅަގައު ކުނބުރުދޫގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި
07 Oct 2025
މާމިގިއްޔަށް ހޮސްޕިޓަލާއި އައިޔޫއެމްގެ ކެމްޕަހަކާއި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް
މި ޖަލްސާގައި ވަނީ މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
07 Oct 2025
މުޢިއްޒުފަދަ އިޚްލާސްތެރި، ތާހިރުކޮށް ވެރިކަން ކުރައްވާ ބޭފުޅަކު އަދި ނުދެކެން: ގާސިމް
"މަނިކުފާނަށް ވުރެ [ރައީސް ޑރ. މުހައްމަދު މުޢިއްޒު] އަށް ވުރެ ތާހިރުކޮށް ވެރިކަން ކުރައްވާ އެއްވެސް ވެރިއަކު އަދި މިހާތަނަކަށް މި 2008 ގެ ފަހުން ނާދޭ,"
07 Oct 2025
ކޮންމެ އަތޮޅެއްގައި ދަތުރުދާން ހާއްސަ ރަށެއް ކަނޑައަޅަނީ
ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރު ދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނޭ ކަމަށެވެ. އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނޭ ރަށަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.