02 Oct 2025
އާރުސީސީގެ އެހީގައި މާލޭގައި ސްކޭޓް އެރީނާއެއް، ބިންގާ އަޅައިފި
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އިން ބުނީ މިއީ އާރުސީސީގެ ސީއެސްއާރު ޕްރޮޖެކްޓެއް ކަމަށެވެ.
02 Oct 2025
ނޭޝަނަލް ސާފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ބައިނަލްއަގްވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްގީ ކުރަމުންދަނީ، ކުޅިބަލާ ސަރަހައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަހައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނާ، ޖިމް، ޓެރަސް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށެވެ.
02 Oct 2025
ދިވެހި ކުންފުނިތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ކުރިއަށް އޮތް ފަސްހަފްތާތެރޭ ދީ ނިންމާނެ: ރައީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެކެވެ.
02 Oct 2025
ރައީސް ގައުމީ ޓީމުގެ ކުޅުންތެރީންނާއެކު ސައިފޮދަކަށް, ވިދާޅުވީ އެހީތެރިކަަން ދެއްވާނެ ކަމަށް
ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ހާއްސަ އަހައްމިޔަތުކަމެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
02 Oct 2025
ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ޙިސާރުކޮށް، ބައިވެރިން ހައްޔަރުކުރުން ރައީސް ކުށްވެރިކުރައްވައިފި
ރައީސް ވިދާޅުވީ، މިފަދަ ބިރުދެއްކުމުގެ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިނިވަންކަމާއި އަސާސީ ޒަރޫރީ ބޭނުންތައް ގެއްލިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ އިންސާނީ އެފަދަ ފަރާތްތަކަށް ހަމަލާ ދިނުމަކީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށެވެ
01 Oct 2025
މާލޭގައި 3000 ފްލެޓް އަޅަން މި އަހަރު ފަށާނަން: ރައީސް
"މާލޭގައި އެންމެ މަދުވެގެން ތިންހާސް ހައުސިން ޔުނިޓްގެ މަޝްރޫއުއެއް މި މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރީން އަޅުގަނޑުމެން ފަށާނަން," ރައީސް ވިދާޅުވި އެވެ.
01 Oct 2025
އައްޑޫ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލުކުރައްވައިފަ އެވެ.
01 Oct 2025
ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާހުކޮށްފި، އަމާޒަކީ 5000 ޒުވާނުން ތަމްރީނު ކުރުން
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ މި ދައުރުގައި މި ޕްރަގްރާމުން 5,000 ޒުވާނުން ތަމްރީންތައް ފުރިހަމަކޮށްގެން ނިކުތުން ކަމަށެވެ.