ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
29 Sep 2025
ބީއެމްއެލް ކްރެޑިޓް ކާޑް ލިމިޓަށް ގެންނަ ކުރިއެރުން ރައީސް އިއުލާނުކުރައްވައިފި
އަންނަ އަހަރުގެ ފެބުރުއަރީމަހުން ފެށިގެން ބީއެމްއެލް ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް އިތުރުވާނެ
28 Sep 2025
ސިވިލް ސާވިސް، ޖުޑީޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރުން ފެށިގެން ބޮޑުވާނެ: ރައީސް
ރައީސް ވިދާޅުވީ، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވާނެ ކަމަށެވެ
27 Sep 2025
އަމާޒަކީ ރަށްރަށުގެ މުއްސަނދިކަން ދައްކުވައިދޭ ފަދަ މޮޑެލްއެއް ތަރައްގީކުރުން: ރައީސް
ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީ އެކުއެކީގައި ގެންދަންޖެހޭ ކަމަށާއި، ރަށްރަށުގެ އިޤްތިޞާދު ކުރިއަރުވައި، ރާއްޖޭގެ ރަށްތަކުގެ މުއްސަނދިކަން ދައްކުވައިދޭ، އަދި ރައްޔިތުންނަށް އަމާޒުކުރެވިފައިވާ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ނަމޫނާއެއް ޤާއިމުކުރުމަކީ ސަރުކާރު އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ
27 Sep 2025
ހުކުރުން ހުކުރަށް 31 ރަށަށް؛ 20 އެއްބަސްވުން، 36 އަށްވުރެ މަޝްރޫއު ފެއްޓެވި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާފައިވެ އެވެ. އެއީ 31 ރަށެވެ.
27 Sep 2025
އެސެޓް ރިކަވަރީ ގާނޫނާއެކު، ވައްކަންކުރި އެންމެންގެ ފަހަތުން އިދާރާތަކުން ވަރަށް ބާރަށް ދާނެ: ރައީސް
ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށާ، މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
26 Sep 2025
ފެނަކައިގެ ވައްކަން ބެލުން އަވަސްކުރުމަށް މުއައްސަސާތަކަށް އަންގައިފިން: ރައީސް
“ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނީ. އެއްވެސް މީހަކަށް ނުބަލާނަން. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހާއަށް ބެލުމެއް ނޫން. ކުރި އަމަލަށް ބެލުން. ސިޔާސީ އެއް ނުވާނަން,"
26 Sep 2025
މިމަހު އެކަނިވެސް 340 ބިދޭސީއަކު ޤައުމަށް ފޮނުވާލެވިއްޖެ: ރައީސް
ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިފަހުން ގައުމީ ފެންވަރުގައި ފެށި އޮޕަރޭޝަނުގައި ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި މާލެއިން އެކަނިވެސް 474 ވިޔަފާރިއެއް ބަލާފާސްކޮށްފައިވާކަމަށެވެ
26 Sep 2025
ތ.ގުރައިދޫ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިފި