މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް -- ވޮއިސް ފޮޓޯ
ހަބަރު
01 Nov 2025 | 13:20
މިއަދު ހުއްދަ ދިން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ޑިސެމްބަރުން ޖޫންއަށް

ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މީލާދީ ކޮންމެ އަހަރެއްގެ ޑިސެމްބަރު އެކަކުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން، އެ މިނިސްޓްރީން އެހެން ގޮތަކަށް ކަނޑައަޅައި އާންމު ކުރަންދެން، ކަށިމިޔަރުގެ މަސްވެރިކަން، ޑިސެމްބަރާއި ޖޫން މަހާ ދޭތެރެ ނޫން އެހެން މުއްދަތެއްގައި ނުކުރެވޭނެ ކަމަށެވެ.

އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ އިއުލާންކުރާ ގޮތެއްގެ މަތީން، މީލާދީ ކޮންމެ އަހަރަކު 7 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެގޮތުން އިއްޔެ މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭނު ވެސް އާންމުކޮށްފައެެވެ.

އެ ގަވާއިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ އެންމެ ގިނަވެގެން 40 އުޅަނދަށެވެ. އެ މަސްވެރިކަން ކުރުމަށް އެދި، ކަނޑައަޅައިފައިވާ އަދަދަށް ވުރެ އިތުރަށް ހުށަހަޅައިފިނަމަ، އެ ފަރާތްތައް ހުށަހެޅި ތަރުތީބުން ނަންނޯޓުކޮށް، ދަފުތަރު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަދިން އިރު، އެ ހުއްދަ ދެއްވާނެކަން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އިއުލާނުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ