ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު --
ހަބަރު
01 Nov 2025 | 11:19
ސިނގިރޭޓުގެ ބޭންއަކީ ޖީލުތަކުގެ ދުޅަހެޔޮކަމަށް އެޅުނު ބާރުގަދަ ފިޔަވަޅެއް: ފަސްޓް ލޭޑީ

ދުންފަތުގެ ވަބާއިން ދިވެހި ޖީލް ސަލާމަތްކުރުމަށް މިއަދު ތަންފީޒުކުރަންފެށި ސިނގިރޭޓުގެ ބޭންއަކީ ޖީލުތަކުގެ ދުޅަހެޔޮކަމަށް އެޅުނު ބާރުގަދަ ފިޔަވަޅެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

2007 ފެށިގެން އުފަންވެފައިވާ އަދި އޭގެފަހުން ވެސް އުފަންވާ ކުދިންނަށް ޤާނޫނީގޮތުން ދުންފަތް މިއަދުން ފެށިގެން މަނާވުމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، މިއަދު ރާއްޖެއިން ދުނިޔެއަށް މި ދެއްކި މިސާލަކީ، ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ވާސިލުވުމަށްޓަކައި އޭޅޭ ވަރަށް މުހިންމު ވިޔަވަޅެއް ކަމަށެވެ.

އަދި ސިއްޚީ ދާއިރާގެ އެކި ކަންކަމުގައި ވަކާލާތުކުރާ ފަރާތެއްގެ ޙައިސިއްޔަތުން ދުންފަތް މަނާކުރަން ސަރުކާރުން އިސްނަގައި، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކައި އެޅި ބާރުގަދަ އިންވެސްޓްމެންޓަށް ފަސްޓް ލޭޑީ ވަނީ ތަޢުރީފުކުރައްވައިފައެވެ.

މިއީ ދެވިހިފައިފައިވާ އާދަ ނައްތާލައި، ބަލިތައް ދުރުކުރުމަށްޓަކައި އެޅުނު ހިތްވަރުގަދަ އަދި ހެކިތަކަށް ބިނާކުރެވިފައިވާ ފިޔަވަޅެކެވެ. އަޅުގަނޑުމެން މި ކަށަވަރުކުރަނީ އަޅުގަނޑުމެންގެ ޒުވާނުންނަށްޓަކައި ޞިއްޙަތު ރަނގަޅު، ފުރިހަމަ މުސްތަޤްބަލެކެވެ. މިއީ ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެކެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު 

ފަސްޓް ލޭޑީ އެފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ދުންފަތް މަނާކުރީ ދުންފަތުގެ ވަބާއިން ދުރުވެފައިތިބޭ އަދި އެފަދަ ނުރައްކާތެރި ކަންކަމުން ސިއްހަތު ސަލާމަތުން ތިބޭ ބަޔަކަށް ހެދުމަށް ކަމަށް ރައީސް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ޤާނޫނީގޮތުން ބާރުވެރިކަން ގެނައީ އެކަމުން ދުރުހެލިވުމަށް ބބާރުއެޅުމުގެ ގޮތުންކަމަށް ވެސް އެ ދުވަހު ރައީސް ވިދާޅުވިއެވެ.

މިއަދު ތަންފީޒު ކުރަންފެށި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ޖެނަރޭޝަނަލް ބޭންއެވެ. އެކަން މިއަދު ތަންފީޒުކުރަން ފެށުމާއެކު 2007 ވަނަ އަހަރުެގ ޖެނުއަރީ 1 ކުން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. 

މިއީ ދިވެހި ދައުލަތުން ދުންފަތާ ދެކޮޅަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.

ނަތީޖާއަކަށްވާނީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުންކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ކަބަލުން
ސިނގިރޭޓު މަނާ ކުރިޔަށް ރަގަޅު ޖީލެއް ނުއުފެދޭނެ މަސްތު ވާހަކުރުގެ ބާވަތްތަށް ލިބޭހާ ހިނދަކު ތިވަބާގަ ޖެހި ޒުވާން ޖީލު މިއޮށް ފަނާވަނި ސަލާމަތް ކުރޭ ސަލާމަތް ކުރޭ ސަލާމަތް ކުރޭ ސަރުކާރު ސަރުކާރު ސަރުކާރު .
01 Nov 2025
ގުޅޭ ލިޔުންތައް
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ
24 Sep 2026
ލިސްޓަށް އާ ވައްތަރެއްގެ ސްކޭމެއް؛ ބުކިންސް ކެންސަލްކޮށް ފައިސާ ރީފަންޑުކުރަން
ބުކިން ކެންސަލްކޮށް ރީފަންޑުގެ ނަމުގައި ހިންގާ އާ ވައްތަރެއްގެ ސްކޭމެއް ފެތުރެމުންދާ ކަމަށާއި މިފަހުންވެސް އެ ބާވަތުގެ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ