އެމްއެންޑީއެފުން ނެގައި ޑްރޯންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Nov 2025 | 12:50
އެމްއެންޑީއެފް އެއާކޯގެ ފުރަތަމަ އެއާސްޓޭޝަން ޤާއިމްކުރަން ރައީސްގެ ޤަރާރެއް

ޤައުމީ ދިފާއީ ބާރުގެ އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން ޤާއިމްކޮށް، އެތަނުން ޚިދުމަތް ދޭން ފެށުމަށް ނިންމައިފިއެވެ.

އެކަން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގެ ދަށުން ސިފައިންގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ޤަރާރަކުންނެވެ.

އެގޮތުން ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސް ގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށް މި ޤަރާރުން ވަނީ ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއާ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށްވެސް މި ޤަރާރުން ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރު ޤައުމީ ދިފާއީ ބާރުގެ އެއާކޯ ވެސް ރައީސް އުފެއްދެވީ އެމަނިކުފާނުގެ ޚާއްސަ ޤަރާރަކުންނެވެ. އެގޮތުން އެ ޚިދުމަތް ރާއްޖޭގައި ފަށައިފައިވަނީ ވީ 15 މާރިޗު 2024 ގައެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ތަޢާރަފްކުރައްވައިފިވާއިރު، މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.