އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާހްކުރުމުގެ ތެރެއިން.. ފޮޓޯ؛ ރައީސް އޮފީސް
ހަބަރު
10 Nov 2025 | 12:39
އިމިގްރޭޝަނުން އީ ވިސާގެ ހިދުމަތް ތައާރަފްކޮށް، އެ އިދާރާގެ ހިދުމަތްތައް ޑިޖިޓަލްކޮށްލައިފި

މޯލްޑިވްސް އިމިގްރޭޝަނުން އީ ވިސާގެ ހިދުމަތް ތައާރަފްކޮށް އެ އިދާރާގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ވަނީ އީ ވިސާގެ ހިދުމަތާއި، ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި "އީ-ވިޒާ ތައާރަފްކޮށްފައެވެ.

"މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ތައާރަފްކުރެވުނު އީ ވިސާގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. އިމިގްރޭޝަނު އައު މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ވިދާޅުވީ، އެ އިދާރާގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރެވިގެން ދިއުމަާއެކު އެކަމުގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނޭކަމަށެވެ. އެގޮތުން އައު މޯބައިލް އެޕްލިކޭޝަނާއި، އީ ވިސާގެ ހިދުމަތް ޑިޖިޓަލައިޒް ވެގެން ދިއުމަާއެކު އިމިގްރޭޝަނުން ހިދުމަތް ހޯދާ ފަރާތްތަކަށާއި އެނޫންވެސް ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޮގެންދާނޭކަމަށެވެ.

އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާހްކުރުމުގެ ތެރެއިން.. ފޮޓޯ؛ ރައީސް އޮފީސް

ފަސީހް ވިދާޅުވީ އިމިގްރޭޝަނުގެ ހިދުމަތްތައް ޑިޖިޓަލައިޒް ވެގެންދިއުމާއެކު ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށާއި އެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނޭކަމަށެވެ.  ފަސީހް ވިދާޅުވީ އީ ވިސާގެ ހިދުމަތް ތައާރަފްކުރެވުމާއެކު އިމިގްރޭޝަނަށް ނުގޮސް ވިސާގެ ކަންކަން އޮންލައިނުކޮށް ކުރެވިގެންދާނޭކަމަށެވެ.

އިމިގްރޭޝަނުން ބުނީ މީގެކުރިން، ވިސާއަށް އެދި ހުށަހަޅަންޖެހެނީ ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ފޯމުތައް މެދުވެރިކޮށް ކަމަށާއި ފަހުން މި ނިޒާމު އޮންލައިން ޕްލެޓްފޯމަކަށް ބަދަލުކުރެވުނު ނަމަވެސް، ވިސާ ޖެހުމަށްޓަކައި އެޕޮއިންޓްމަންޓް ހަދައި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓު ހުށަހަޅަން ޖެހޭކަމަށެވެ. މިއީ ވީޒާއާ ގުޅުންހުރި ހިދުމަތްތަކަށް އެދޭ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ފާހަގަކޮށް ޚާއްސަކޮށް މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މިކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިލާންޖެހޭކަން އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ އީ ވިސާގެ ހިދުމަތް ފެށުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި، ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނޭކަމަށެވެ. އަދި ވިސާ ދޫކުރުމާއެކު އީ-ވިސާ އޮންލައިންކޮށް ޑައުންލޯޑްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އީ-ވިސާގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިއު.އާރް ކޯޑެއް ހިމެނިފައިވާނެއެވެ. މި ޚިދުމަތްތައް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ލިބިގެންދާނޭކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އީ ވިސާގެ ހިދުމަތް ފެށުމާއެކު ވިސާ ދޫކުރެވިފައިވާ ބިދޭސީ ފަރާތަށް، މޯލްޑިވްސް އިމިގްރޭޝަންގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ފަރާތަކަށް ދޫކުރެވިފައިވާ އީ-ވީޒާ ގެ މަޢުލޫމާތު ފެންނަން ހުންނާނޭކަމަށެވެ. އަދި ކުރިމަގުގައި އީ-ވީޒާ ބޭނުންކޮށްގެން އެކިއެކި ހިދުމަތްތައް ހޯދުމުގެ މަގުފަހިވެގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ހިންމަފުށީގައި ޑްރަގް ރިހެބް ސެންޓަރެއްގެ ބިންގާ އަޅައިފި
ހިންމަފުށީގައި 500 މީހުންގެ ޖާގައިގެ މަސްތުވާތަކެތީގެ ފަރުވާ ސެންޓަރެއް ތަރައްޤީކުރުމުގެ ބިންގާ އަޅައިފިއެވެ. ފަސް މިލިއަން ޑޮލަރުގެ މި މަޝްރޫޢަށް ޚަރަދުކުރަނީ އެންކޯ ހޯލްޑިންއިންނެވެ.
24 Sep 2026
އިންޝުއަރަންސް ކޮށްފައި ހުރީ ތިމާވެއްޓާބެހޭ ވުޒާރާގެ އިމާރާތް އެކަނި
މި ހާދިސާ ހިނގިތާ ދެ އަހަރުވާން އަންނައިރު، ހާދިސާގައި ކިހާވަރެއްގެ ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ
24 Sep 2026
ތަހްގީގީ ރިޕޯޓްތަކުން ދެއްކީ ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވީ ކަރަންޓް މައްސަލައަކުންކަމަށް
އިންޑިއާ ޓީމުން ތައްޔާރުކުރި ތަހްގީގީ ރިޕޯޓުން ދެއްކީ އެތަނުގައި އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުންކަމަށް ބެލެވޭކަމަށެވެ.
24 Sep 2026
މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް
2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ
24 Sep 2026
ކަނޑުފަޅުން ގޯތި ދޫކުރި ވާހަކަ ދައްކަން ފެށުމުން އެމްޑީޕީ މެމްބަރު ގާލިބް ސިއްރުން މައިކު ކަނޑާލައިފި
ސަމާހް ވާހަކަދައްކަވަނިކޮށް އެމްޑީޕީ ކައުންސިލަރު އަހުމަދު ޤާލިބު މައިކު ކަނޑާލެއްވީ އެމްޑީޕީ ސަރުކާރުން ކަނޑުފަޅުން ރައްޔިތުންނަށް ގޯތި ދޫކުރި ވާހަކަ ފެށި ހިސާބުންނެވެ.
24 Sep 2026
އެގްޒިމް ބޭންކުން ރާއްޖެއަށް ދޭން ނިންމި 506.58 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ބޭނުންކުރެވޭނެ
އެގްޒިމް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި މައި އެލް.އޯ.ސީގެ ދަށުން ފައިސާ ދޫކުރެވޭނީ މަޝްރޫޢުތައް ކަނޑައަޅައި، އެ މަޝްރޫޢުތަކަށް ވަކިވަކި ކްރެޑިޓް އެގްރީމަންޓްތަކެއްގައި ސޮއިކުރުމަށްފަހުގައެވެ.
24 Sep 2026
ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި
އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް، ޑައިވަރުންނަށް އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ.
24 Sep 2026
ކުރިއަލާ ވިސާ ނުނަގައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭ އެއްބަސްވުމެއް ގާއިމްކޮށްފި
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.