ރައީސް ޑރ.މުއިއްޒު
11 Nov 2025 | 12:13
ރަސްމާލެއިން 15،000 ގޯތިދޫކުރަން ހުޅުވާލަނީ

ރަސްމާލެއިން ވަރަށް އަވަހަށް 15،000 ގޯތި ދޫކުރަން ހުޅުވާލާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށްއޮތް 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލެއިން ގޯތި ދޫކުރުމަށް ހުޅުވާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ 15،000 ގޯތީގެ އިތުރުން 7،000 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ފައްޓަވާނޭކަމަށެވެ.

ރަސްމާލެއިން ދޫކުރުމަށް ނިންމާފައިވާ ގޯތިތައް ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅެމުން އަންނަތާ ގިނަދުވަސްވީ ފަރާތްތަކަށް ކަމަށެވެ. މީގެ އިތުުރުން މާލެއިން މީހުންނަށް ލިބިފައިވާ ބިމުން ލާޖައްސާ އުސޫލުންވެސް ގޯތި ދޫކުރެވޭނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ވަޑައިގެން ބެއްލެވިއަސް ފެނިވަޑައިގަންނަވާނެ، ތިން ސަރަހައްދެއްގަ ރަސްމާލެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާތަން. ބައެއް ސަރަހައްދުތައް މިހާރު އެވަނީ ހިއްކާ ނިމިފައި، ބައެއް ސަރަހައްދުތައް މެދުނުކެނޑި ހިއްކަމުން އެދަނީ

ރައީސް ވިދާޅުވިއެވެ

ރަސްމާލެ ހިއްކުމުގެ ސްޕީޑް ކުރިއަށްއޮތް ދުވަސްތަކުގައި 3 ގުނަ އިތުރުކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މިއަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ހުޅުވާލާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށްއޮތްތަނުގައި ވަރަށް އަވަހަށް 7،000 ހައުސިން ޔުނިޓްއެޅުމުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނޭކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.