ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
26 Jul 2025
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި
މިނިވަންދުވަހުގެ މުނާސަބަތުގައި ދިދަނެގުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގަ. މި ރަސްމިއްޔާތު ވަނީ ރަށްރަށުގައިވެސް ކުރިއަށްގެންގޮސްފައި
26 Jul 2025
އިންޑިއާގެ އެހީގައި އެންމެ ޒަމާނީ ދެ މެޑިކަލް ކިއުބު ހަދިޔާ ކޮށްފި
އިންޑިއާއިން ހަދިޔާކުރާ މި ދެ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ގެ ކަންކަން ހިންގުމުގައި ހަރަކާތްތެރިވާނި ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސްއިންނެވެ.
26 Jul 2025
ބޮޑުވަޒީރު މޯދީ، ދޮށިމޭނާ ބިލްޑިން ހުޅުއްވައިދެއްވައިފި
ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި މި އިމާރާތަކީ ސިފައިންގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.
26 Jul 2025
ރާއްޖެ-އިންޑިއާގެ ގުޅުން މޫލާފައިވަނީ އެތައް ގަރުނެއް ކުރީއްސުރެ އޮތް އެކުވެރިކަމުގެ މައްޗަށް: ރައީސް
އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއް ކަމަށް ވިދާޅުވެ، ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ދެ ގައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
25 Jul 2025
ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި
މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ޝުކުރުއަދާ ކުރައްވާފަ އެވެ.
25 Jul 2025
ފަސް މިލިއަން ގަސް މަޝްރޫއު: މޯދީ އިންދެވީ އަނބު، ރައީސް އިންދެވީ ކިނބި ގަހެއް
މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންދެވީ އަނބު ގަހެކެވެ. މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒު އިންދެވީ ކިނބި ގަހެކެވެ.
25 Jul 2025
އިންޑިޔާއިން 565 މިލިއަން ޑޮލަރުގެ އެލްއޯސީއެއް؛ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަށަނީ
މި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއަށް 565 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖެއްސުމަށް ގާއިމުކުރެވުނު ފަހުމުނާމާ ހިމެނެއެވެ.
25 Jul 2025
މާލީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާއިން ވެދޭ އެހީއަށް ރައީސްގެ ހާއްސަ ޝުކުރު
ރާައްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގަައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.