ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު
ހަބަރު
28 Aug 2025 | 23:49
މިއަދު ހިނގައިގެން ދިޔައީ ހިނގައިގެން ވާނެ ކަމެއް ނޫން: އާޒިމާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުން ރަސްމީ ގެކޮޅަށް ވަޑައިގެންނެވި ވަގުތު ހިނގައިގެން ދިޔައީ ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

މީޑިއާ ބިލްގެ މައްސަލާގައި އިއްޔެއާ މިއަދު ރައީސް އޮފީސް ކައިރީ ބައެއް ނޫސްވެރީން ވަނީ އިހްތިޖާޖު ކޮށްފަ އެވެ. ރައީސް މިއަދު ވަނީ އެމްޖޭއޭގެ އިސް މަގާމުތަކުގައި ތިބި ނޫސްވެރީންނާއި ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލްވުމަށް ފަހު މުލިއާގެއަށް ވަޑައިގަންނަވަނިކޮށް ނޫސްވެރީންގެ ވަނީ ރައީސްގެ ފަހަތްޕުޅުން ކަންބޮޑުވުންތައް ހިއްސާކޮށް ސުވާލުތައް ކުރަމުން ގޮސްފަ އެވެ. ނަމަވެސް ކުރީން ނޫސްވެރިކަން ކޮށް މިހާރު ސިޔާސީ ކަންކަމުގައި އުޅޭ ބައެއް މީހުންގެ ފަރާތުން ވަރަށް ދެރަވަރު އަމަލުތައް އެވަގުތު ފެނުނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އަދި އޭގެ ކުރީން ބަންޑާރަ ނާއިބުގެ މަގާމާއި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ އާޒިމާ ވަނީ މިއަދު ހިނގާދިޔަ ކަންކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެކަމަނާ ވިދާޅުވީ މަގުމަތީން މިއަދު ފެނިގެންދިޔައީ ހިނގައިގެންވާނެ ކަމެއް ނޫނެވެ. އަދި އެއީ ހިނގިޔަ ދީގެން ވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އެއީ ހަމައެކަނި އަހްލާގީ މައްސަލައެއް ނޫން ކަމަށާ އެއީ ސަލާމަތާއި ރައްކާތެެރި ކަމުގެ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ދިރާސާ
ތިޔައީ ގެނެސްގަތް ހާލަތެއް ތިޔަށް ޒިންމާވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުން އަދި ސަރުކާރުން. ބަޤާވާތް ތި ކުރުވަނީ ސަރުކާރުން
29 Aug 2025
ވަކި މީހަކު ކުރީމަ ގޯސް
މަޖިލިހުގެ މެންބަރަކު ހެޔޮ ކޮންމެ އެއްޗެއް ކިޔަސް. އެއަށް އެއްޗެއް ބުނަން ނުކުރުނެއްނު. ދެން ވާންވީ ގޮތް އެވީ
29 Aug 2025
އިއްބެ
ޢާޒިމާދެއްވިލަފާއަށްސަރުކާރަށްލިބުނުގެއްލުން އެއީހިގަންޖެހޭނެކަންތައްތޯއެވެ ހަމައެކަނިއޮތީ ދިވެހިރައްޔިތުންނަށް ގެއްލުމާހަލާކު މިއީކިހައިހުތުރުނިޔާއެއްތޯއެވެ
29 Aug 2025
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.