ނައިފަރުގައި ބޭއްވި ޖަލްސާގައި ޝިޔާމު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ނައިފަރުގައި ބޭއްވި ޖަލްސާގައި ޝިޔާމު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު 01 Sep 2023 | 08:06

މި ރިޔާސީ އިންތިޚާބުގައި 'ވަގު' ހެދިޔަ ދީގެން ނުވާނެ: ޝިޔާމު

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމުގެ ފުރުސަތު ނުލިބޭނެހެން ވަރަށް ބޮޑަށް ފާރަވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ގޮވާލައްވައިފި އެވެ.

ނައިފަރުގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ރިޔާސީ އިންތިޚާބު އެއްބުރުން ޑރ މުއިއްޒު ކާމިޔާބު ކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން މި އިންތިޚާބު އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، އެހެން ނަމަވެސް އެ ފުރުސަތު ނުދެއްވާ ރައްޔިތުން ވަރަށް ބޮޑަށް މި އިންތިޚާބުގެ ވޯޓު ނަގާއިރު ފާރަވެރިވެ ބަލަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ޝިޔާމު ވިދާޅުވި އެވެ.

ނައިފަރު ޖަލްސާގައި ޝިޔާމު ވާހަކަދައްކަވަނީ

"އަޅުގަނޑުމެން އެބަ ޖެހޭ ސެޕްޓެމްބަރު 9 ވަނަ ދުވަހު މި ނަގާ އިންތިޚާބާއި ދޭތެރޭގައި ވަރަށް ފާރަވެރިކަމާއި އެކީގައި ވިސްނަން. ޑރ ޝަހީމު އެ ވިދާޅުވިހެން މި އިންތިޚާބުގައި ވަގު ހެދިޔަ ދީގެން ނުވާނެ"

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު

ޝިޔާމު މިފަދައިން ވިދާޅުވެފައި ވާއިރު، ޑރ މުއިއްޒުގެ ތަރުޖަމާނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހު ޤައުމުގައި ހަމަނުޖެހުން އުފައްދާ ޤައުމު ހަލަބޮލިކުރުމަށް އެމްޑީޕީގެ އިސްވެރިން ރާވަމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާކަން ހާމަކޮށްފަ އެވެ. އަދި އެފަދައިން ރޭވުންތައް ރާވަމުންދަނީ އެމްޑީޕީގެ އިސްވެރިންކަން ޠަލާލު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޠަލާލު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވެސް ސަރުކާރުން ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންތިޚާބާއި ދިމާކޮށް ވަޒީފާތައް އުފެއްދުމާއި، ވަޒީފާތަކުގައި ތިބި މީހުންނަށް ބިރުދެއްކުމާއި، ލާރި ބެހުމާއި މަޝްރޫއުތައް އިފްތިތާހުކުރުން ފަދަ ގިނަ ކަންތައްތަކެއް ކުރަމުންދާކަން ޠަލާލު ފާހަގަކުރެއްވި އެވެ.

އެއާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މިނިވަން އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ ދަށުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅުއްވާދިނުމަށް އެދިވަޑައިގެންފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އެމްޑީޕީ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ޕީއެންސީ ތަމްސީލުކުރައްވަން ޝިޔާމް
01 Oct 2026 ހަބަރު

އެމްޑީޕީ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ޕީއެންސީ ތަމްސީލުކުރައްވަން ޝިޔާމް

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އިފުތިތާހުކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރެއްވުމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަޑައިގެންފި...