މާދަމާވެސް ސަރުކާރު ބަންދު
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަނޑައަޅުއްވައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފިހުން ނެރުނު ދެންނެވުމެއްގައި ބުނީ، ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަންސް ކޮމިޝަނުގެ އެދިވަޑައިގަތުމުގެ މަތިން މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅިގެން މިއަދަކީވެސް ސަރުކާރު ބަންދު ދުވަހެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް