އިސްރާއީލާ ގުޅުން ކަނޑާލިކަން ހާމަކުރަން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފްރެޑީ މާނީ އާއި އެމެރިކާގެ ޕްރެޒިޑެންސީ މިނިސްޓަރު މާރިއާ ނެލާ ޕްރަދާ
އިސްރާއީލާ ގުޅުން ކަނޑާލިކަން ހާމަކުރަން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފްރެޑީ މާނީ އާއި އެމެރިކާގެ ޕްރެޒިޑެންސީ މިނިސްޓަރު މާރިއާ ނެލާ ޕްރަދާ
ދުނިޔެ 01 Nov 2023 | 05:38

ބޮލީވިއާ އިން އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑާލައިފި!

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޢުދުވާނުތަކާއި ގުޅިގެން، އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑާލަން ބޮލީވިއާއިން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޮލީވިއާއިން އިޒްރޭލާއި ގުޅުން ކަނޑައިލިކަން ހާމަކޮށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފްރެޑީ މާނީ ވިދާޅުވީ ބޮލީވިއާ އިން އެ ނިންމުން ނިންމީ އިސްރާއީލުގެ އަސްކަރީ ހަރުކަށި ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން ކަމަށާއި މިކަމަކީ ބައިނަލްއަގުވާމީ ސުލްހަ އާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަަމަށެވެ.

މި ނިންމުމާއިއެކު، ބޮލީވިއާ ވެފައި ވަނީ މިފަހަރުގެ ޤަތުލުއާއްމާއި ގުޅިގެން އިޒްރޭލާއި އޮންނަ ސިޔާސީ ގުޅުން ކަނޑައިލި ފުރަތަމަ ޤައުމަށެވެ.

އެ ޤައުމުގެ ކުރީގެ ރައީސް އީވޯ މޮރޭލްސް، ވަނީ އިޒްރޭލަކީ ނިރުބަވެރި ދަޢުލަތެއް ކަމަށް ނިންމަން، މިހާރުގެ ސަރުކާރަށް ގޮވާލައްވައިފައެވެ.

2009 ވަނަ އަހަރު ޣައްޒާއަށް ދިން ހަމަލާތަކާ ދެކޮޅަށް ބޮލީވިއާއިން އިސްރާއީލާއެކު ސިޔާސީ ގުޅުން ކަނޑާލިއެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ގުޅުން އަލުން ގާއިމުކުރީ ރައީސް ޖެނީން އަނޭޒްގެ ވެރިކަމުގައެވެ.

ބޮލީވިއާއިން އިސްރާއީލާ ސިޔާސީ ގުޅުން ކަނޑާލާފައި ވާއިރު، ޗިލީ އާއި ކޮލޮމްބިއާއިންވެސް ވަނީ އިސްރާއީލުގެ ހަރުކަށި ޢަމަލުތައް ކުށްވެރިކޮށް އިސްރާއީލް ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު ޢާއްމު ހުއްޓާލައި ޢައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ.

އިޒްރާއިލްގެ މިފަހުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 8500 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 3500 އަށްވުރެ ގިނަ ޝަހީދުންނަކީ ކުޑަކުދިންނެވެ. 2200 އަށްވުރެ ގިނަ ޝަހީދުންނަކީ އަންހެނުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...