ޖެނީން އަށް އިޒްރާއިލުން އަރައި ދިން ގެއްލުންތަކުގައި މަގުތައް ހަލާކުވެފައި، ފޮޓޯ: އަލްޖަޒީރާ
ޖެނީން އަށް އިޒްރާއިލުން އަރައި ދިން ގެއްލުންތަކުގައި މަގުތައް ހަލާކުވެފައި، ފޮޓޯ: އަލްޖަޒީރާ
ދުނިޔެ 01 Nov 2023 | 06:36

ތުލްކަރަމްގައި ނުކުޅެދޭ މީހަކަށް ބަޑިން ހަމަލާދީ ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ތުލްކަރަމްގައި ނުކުޅެދޭ މީހަކަށް ބަޑިން ހަމަލާދީ ޝަހީދުކޮށްލައިފިއެވެ.

ވަފާ ނޫހާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހުޅަނގު އައްސޭރިއަށް އަރައި ތުލްކަރަމް ރެފިޔުޖީ ކޭމްޕަށް ވަދެގަތުމުން އެތަނުގެ ޢާންމުން އިޒްރާއިލް ސިފައިނާއި ކުރިމަތިލުމުގެ ތެރޭގައި އިޒްރާއިލް ސިފައިން ބަޑިޖަހައި ނުކުޅެދޭ މީހަކު ޝަހީދު ކޮށްލައިފައިވާ ކަަމަށެވެ.

އަދި އޭނާ އަކީ ޢުމުރުން 65 އަހަރުގެ، ނުކުޅެދުން ތެރިކަން ހުންނަ މީހެއްކަން ވަފާއިން ޔަޤީން ކޮށްދީފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައެވެ.

އިޒްރާއިލް ސިފައިން އޭނާ އަށް ބަޑިން ހަމަލާދިނުމާއި އެކު ފަރުވާ ހޯދުމަށް ތަބެތް ގަވަރމެންޓް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާ ވަނީ ޝަހީދުވެފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އެމީހާއާއި އެކު އިއްޔެގެ 24 ގަޑިއިރުތެރޭގައި ހުޅަނގު އައްސޭރީގައި ދެމީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އިއްޔެ ހިބްރޫންގައި ވަނީ 16 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފައެވެ.

މިއާއި އެކު 7 އޮކްޓޫބަރ ގެ ފަހުން ހުޅަނގު އައްސޭރީގައި ޝަހީދުވި މީހުންގެ ޢަދަދު 120 ވަނީ އަރައިފައެވެ.

ތުލްކަރަމްގެ އިތުރުން އިޒްރާއިލް ސިފައިން ވަނީ ފަރްއޫން އަވަަށަށް ވަދެ އެއަވަށުން ބަޔަކު ހައްޔަރުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...