ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ޔޮހާން ވޭޑްފުލ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ.. ފޮޓޯ: ޑީޑީ ނިއުސް
ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ޔޮހާން ވޭޑްފުލ އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ.. ފޮޓޯ: ޑީޑީ ނިއުސް
ދުނިޔެ 06 Sep 2025 | 11:19

ޖަރުމަންވިލާތުގެ ނަޒަރުގައި އިންޑިއާއަކީ އޭޝިއާ

ދުނިޔޭގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކުގައި އިންޑިއާއަކީ މުހިއްމު ބައިވެރިއެއްކަމަށާއި، ޖަރުމަންވިލާތުގެ ނަޒަރުގައި އިންޑިއާއަކީ އޭޝިއާކަމަށް ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ޔޮހާން ވޭޑްފުލް ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވަމުން އޭނާ ވިދާޅުވީ ޖަރުމަންވިލާތަށް އިންޑިއާ މުހިއްމުވާ ފަދައިން، އިންޑިއާއިންވެސް ޖަރުމަންވިލާތަކީ މުޅި ޔޫރަޕްކަމަށް ދެކޭކަމަށެވެ. ވިސްނުން ތަފާތު އެކި ކަންކަން ހުރިނަމަވެސް ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމާއި، ޤާނޫނު ހިންގުމުގައި ދެގައުމުންވެސް އެއްބަސްވާ އަދި އެއް ގޮތް ކަންތައްތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެގައުމުންވެސް އެއް ގައުމުގެ ވިޔަފާރިތަކަށް އަނެއް ގައުމުގެ ބާޒާރަށް ވަދެގަތުމުގެ މަގު ފަހިކޮށްދޭ، އެކަން ފަސޭހަކޮށްދޭން ޖެހޭކަމަށްވެސް ވޭޑްފުލް ވިދާޅުވިއެވެ.

އިންޑިއާއިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޖަރުމަންވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވަމުން ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އިންޑިއާގެ އަމިއްލަ ދިފާޢުގައި ފިޔަވަޅުތައް އެޅުމުގެ ހައްޤު އިންޑިއާއަށް އޮންނާނެކަމަށެވެ.

ޗައިނާގެ މައްސަލައިގައި ވިލާތުގެ އިއްތިޙާދުން ގެންގުޅޭ ސިޔާސަތަކީ ޖަރުމަންވިލާތުގެވެސް ސިޔާސަތުކަން އޭނާ އިތުރަށް ހާމަކުރެއްވިއެވެ. އެގޮތުން، ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމުގައި ޗައިނާއަކީ ބައިވެރިއެއްކަމަށާއި، އެހެންނަމަވެސް ޗައިނާއާއި ކުރިމަތިލާންޖެހޭ ނުވަތަ ވާދަކުރަންޖެހޭ ކަންކަމަށް އިތުރުވަމުން އަންނަކަމަށް ކަންބޮޑުވުމާއެކު ވޭޑްފުލް ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.