އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސްގެ ބައެއް ޢިލްމުވެރިން-- ފޮޓޯ/ގުދުސް ނެޓްވޯކް
އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސްގެ ބައެއް ޢިލްމުވެރިން-- ފޮޓޯ/ގުދުސް ނެޓްވޯކް
ދުނިޔެ 02 Nov 2023 | 06:56

ފަލަސްޠީނަށް އެހީވާން އަސްކަރީ ފައުޖުތައް ފޮނުވުމަކީ ޝަރުއީ ވާޖިބެއް ކަމަށް ބުނެ ފަތުވާ ނެރެފި!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުތަކާއި ދެކޮޅަށް ޖިހާދު ކުރުމަށް ފަލަސްތީނުގެ ވަށައިގެންވާ މުސްލިމު 4 ގައުމު ތަކުގެ އަސްކަރީ ފައުޖުތައް ފަލަސްޠީނަށް ފޮނުވުމަކީ ޝަރުޢީ ވާޖިބެއް ކަމަށް ބުނެ ފަތުވާ ނެރެފިއެވެ.

މި ފަތުވާ ނެރެފައި ވަނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި މުސްލިމު ދީނީ ޢިލްމުވެރިން ގުޅިގެން އުފައްދާފައި ޖަމިއްޔާ އެއް ކަމަށްވާ އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް އިންނެވެ.

އެގޮތުން އެ ޔޫނިއަން އިން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު، ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޔޫނިއަންގައި ހިމެނޭ ޢިލްމު ވެރިން ވަނީ، މައިގަނޑު ތިން ކަމެއް ފާހަގަކުރައްވާފައެވެ.

އެގޮތުން ފާހަގަކުރެއްވި ފުރަތަަމަ ކަމަކީ، ފަލަސްޠީނުގެ ސަރުކާރާއި، އެ ސަރުކާރުގެ ރަސްމީ އަސްކަރިއްޔާގެ ސިފައިން، އިސްރާއީލާ ފަލަސްތީނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް ވަދެ، ޣައްޒާގެ ތަންތަން ސުންނާފަތިކުރަމަށް ދެމުންދާ ހަމަލާ ތަކާއި އެތަނުގައި ހިނގަމުންދާ ގަތުލު ޢާއްމު ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދެވަނަ ކަމަކަށް އެ ޔޫނިއަންގެ އިލްމުވެރިން ވިދާޅުވީ، ފަލަސްޠީނާއީ ޣައްޒާ، އަށް އަޅާނުލައި އެތަން ގެއްލި ހަލާކުވެދާން ދޫކޮށްލުމަކީ މާތް الله އެކަލާނގެ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ވެސް ވެވޭ ބޮޑު ޚިޔާނާތެއް ކަމަާ، އަދި އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ވަށައިގެންވާ މުސްލިމު 4 ގައުމު ކަމުގައިވާ، ލުބުނާނާއި، ސީރިޔާ އާއި، މިސްރު އަދި ޖޯޑަން އިން، ފަލަސްޠީނަށް އެހީވާން އެ ގައުމު ތަކުގެ އަސްކަރިއްޔާ ފޮނުވުމަކީ ޝަރުޢީ ގޮތުން ވާޖިބެއް ކަމަށް ވެސް ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް އިން މިފަދަ ފަތުވާއެއް ނެރެފައިވާއިރު، ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން 7 އޮކްޓޫބަރުގައި ޣަައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 8805 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައިވެސް ގިނައީ މައުސޫމް ކުދިންނާއި އަންހެނުންނެވެ.

މި ހަނގުރާމަ ނިމުމުގެ ކޮޅުމަތިވެސް ފެންނަން ނެތް އިރު އިސްރާއީލުން އަންނަނީ ހުޅަނގުގެ ގައުމު ތަކުގެ އެހީއާއެކު އެމީހުންގެ އަސްކަރިއްޔާ ވަރުގަދަކޮށް ފަލަސްޠީނުގެ އެކި ސަރަހައްދު ތަކަށް ހުއްޓުމެއްނެތި ބޮން އަޅަމުންނެވެ. އެ ހަމާލާތައް ހޮސްޕިޓާ ތަކާއި ސުކޫލް ތަކާއި ރެފިޔުޖީ ކޭންޕު ތަކަށް ވެސް އެމީހުން އަންނަނީ އަމާޒުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...