ޣައްޒާގެ ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިތައް ގަބުރުސްތާން ބޭރުގައި ވަޅުލަނީ
ޣައްޒާގެ ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިތައް ގަބުރުސްތާން ބޭރުގައި ވަޅުލަނީ
ދުނިޔެ 03 Nov 2023 | 14:49

ޣައްޒާގެ ގަބުރުސްތާނުތައް ފުރި، މީހުން ވަޅުލަނީ ވަޅުލެވެން ހުރި ދިމާލުގައި އެންމެން އެކުއެކީ

ފަލަސްޠީން ރައްޔިތުން އަތުން ގަދަކަމުން ބިން ފޭރިގަނެގެން އެތަނުގައި ވަޒަންވެރިގެން ތިބި ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާ ތަކުގައި ޝަހީދުވަމުންދާ މީހުންގެ އަދަދު މައްޗަށް ގޮސް ގަބުރުސްތާނުތައް ފުރިއްޖެ އެވެ.

ޣައްޒާގެ ޚަބަރުތައް ގެނެސްދެމުންދާ މީޑިއާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިން ޣައްޒާއަށް ބޮން އަޅައި ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 10,000 އާއި ގާތް ކުރަން ވަނީ ވެފައެވެ.

ޣައްޒާގެ ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިތައް ގަބުރުސްތާން ބޭރުގައި ވަޅުލަނީ--

އަދި އެއްފަހަރާ އެތަކެއް ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މުސްލިމުން ޝަހީދުވަމުންދާއިރު، އެ މީހުން ވަޅުލާން ހުރި ގަބުރުސްތާނު ފުރިގެން، މިހާރު ހަށިތައް ވަޅުލަމުންދަނީ ގަބުރުސްތާނު ކައިރީގައި ވަޅުލެވެން ހުރި ތަން ތަނުގައި އެންމެ އެކުއެކީ ފިތިބާރުކޮށް ބަހަށްޓައިގެންނެވެ.

ޣައްޒާގެ ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިތައް ގަބުރުސްތާން ބޭރުގައި ވަޅުލަނީ--

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ނިރުބަވެރި އިސްރާއީލުގެ ސިފައިންނަށް ދޭން ފެށި ހަނގުރާމައަށް 28 ދުވަސް ވެގެން ގޮސްފައިވާއިރު، އެމީހުންގެ ހަމަލާތައް ގިނައިން އަމާޒުވެފައިވަނީ ފަލަސްޠީނުގެ އާއްމުން އެންމެ ގިނަ ތަންތަނަށެވެ.

އެގޮތުން، ރެފިޔުޖީ ކޭމްޕް ތަކާއި، ހޮސްޕިޓާ ތަކާއި، ހާލުގައި ޖެހިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލުތައް ފަދަ ތަންތަނަށް ޔަހޫދީންގެ ހަމާލާތައް އަންނަނީ އަމާޒުކުރަމުންނެވެ. އެ ހަމަލާ ތަކުގައި، އެތަކެއް އަނބިން ހުވަފަތްވެ، ދަރިން ޔަތީމުވެ، އަޅާލާނެ މީހެއް ނެތިފައި އެބަ ތިއްބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...