ފަސްތީނުގެ ހުވާރާ އަވަށައް އިޒްރާއީލުން ގެއްލުންދީފައި
ފަސްތީނުގެ ހުވާރާ އަވަށައް އިޒްރާއީލުން ގެއްލުންދީފައި
ދުނިޔެ 04 Mar 2023 | 12:25

ފަސްތީނުގެ ހުވާރާ އަވަށް ފުހެލުމަށް އިޒްރާއިލުން ކުރާ މަސައްކަތް ސަޢުދީއިން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ހުވާރާ ވިލެޖް ފުހެލުމަށް އިޒްރާއިލުން ކުރާ މަސައްކަތް ސަޢުދީޢަރަބިއްޔާއިން ކުށްވެރިކޮށްފިއެވެ.

ހުކުރުދުވަހު ސަޢުދީޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް އިން އިޒްރާއިލްގެ ޢަމަލުތައް ކުށްވެރިކޮށް ބުނެފައިވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުން ޒިންމާއަދާކުރަން ޖެހޭ ކަމަށާއި، މިފަދަ ނުބައި ޢަމަލުތަކުން ފަލަސްޠީނުގެ ރައްޔިތުން ރައްކާތެރި ކޮށްދޭން ޖެހޭ ކަމަށެވެ.

ސަޢުދީޢަރަބިއްޔާގެ ފޮރިން މިނިސްޓްރީ އިން ވަނީ އިޒްރާއިލްގެ އިސް ފަރާތަކުން ހުވާރާ ފުހެލުމަށް ގޮވާލި ޒިންމާދާރުކަން ކުޑަ ޢަމަލު ކުށްވެރިކޮށްފައެވެ. އަދި އެގޮވާލުމުގެ ސަބަބުން ކުރިއަށްދިޔަ އިންސާނިއްޔަތާއި ޚިލާފުޢަމަލުތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އިޒްރާއިލްގެ ސީނިއާ މިނިސްޓަރެއް ކަމަށްވާ ބެޒޭލް ސްމޮޓްރިޗް އިޒްރާއިލް ޓީވީގައި ވާހަކަ ދައްކަމުން ފަލަސްޠީނުގެ ހުވާރާ ވިލެޖް ވީ ފުހެލަން ކަމަށް ވަނީ ބުނެފައެވެ. ދާދި ފަހުން ހުވާރާ ވިލެޖްގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ. އިޒްރާއިލުގެ މީހުން ގަދަކަމުން ހުވާރާ ތެރެއަށް ވަދެގަނެ އުނދަގޫތަކެއް ކުރުމުން ހުވާރާގެ ރައްޔިތުން ދިން ރައްދުގައި އިޒްރާއިލްގެ ދެ މީހަކު ވަނީ މަރުވެފައެވެ.

ހަމަ މިފަދަ ވާހަކަތަކެއް ދާދި ފަހަކުން ނަތަންޔާހޫ ލީޑް ކުރާ ފާ ރައިޓް ކޯލިޝަންގެ މެމްބަރެއް ކަމަށްވާ ޒިވިކާ ފޮގެލް ވެސް ވަނީ ދައްކާފައެވެ. އަދި އޭނާއަކީ އިޒްރާއިލްގެ ޕާލިމެންޓުގެ މެމްބަރެއްވެސް މެއެވެ.

"ހުވާރާއިން ޓެރަރިސްޓަކު އައީ، ދެން އެވީ ހުވާރާ ބަންދުކޮށް ރޯކޮށްލައި އަންދާލަން، މިއީ އަހަރެން ދެކެން ބޭނުންވާ މަންޒަރަކީ، އަހަރެމެނަށް އެމީހުން ބިރުގަންނަވައިލެވޭނީ އޭރުން، އާދީއްދަ ދުވަހުގެ މަރަށް ފަހު ވިލެޖްތައް ވީ އަންދާލަން، އިޒްރާއިލް ސިފައިން ފިޔަވަޅެއް ނާޅަންޏާ" ޒިވިކާ ފޮގެލް ބުނެފައިވެއެވެ.

މިފަހަކަށް އައިސް އިޒްރާއިލްގެ އަނިޔާވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިޒްރާއިލްގެ ސިފައިންގެ އިތުރުން އިޒްރާއިލްގެ އާންމުން ނުކުމެ ފަލަސްޠީިނުގެ އާންމުންނަށް ހަމަލާދީފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.