ހދ.ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ
ހދ.ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން ނޮވެމްބަރު ތިނެއްވީ ހުކުރު ދުވަހު ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ހދ.ކުޅުދުއްފުށިީ ލަންދޫގެ، އަބްދުﷲ އިބްރާހިމެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ގެއިން ބޭރަށް ނުކުތް ގޮތަށް އޭނާގެ ޚަބަރެއް އާއިލާއަށް ވެފައެއް ނުވެއެވެ. އަބްދުﷲ އިބްރާހިމް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
އަބްދުﷲ އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، 9904977 ނުވަތަ ކުޅުދުއްފުށި ފުލުހުންގެ ނަންބަރު 9791382 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް