ޑިމޮކްރެޓްސްގެ ސްޕޯޓަރުން-
ޑިމޮކްރެޓްސްގެ ސްޕޯޓަރުން-
ދުނިޔެ 04 Nov 2026 | 09:44

މިޑްޓާމް އިންތިޚާބު ކާމިޔާބުކޮށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީއަށް

އެމެރިކާގައި ބޭއްވުނު 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބު ކާމިޔާބުކޮށް، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އަލުން ހޯދައިފިއެވެ.

އިންތިޚާބުގެ ނަތީޖާތައް ކަށަވަރުވެފައިވާއިރު، ހައުސްގެ އަޣުލަބިއްޔަތު އަނބުރާ ހޯދުމަށް ޑިމޮކްރެޓުންނަށް ބޭނުންވީ އެންމެ ފަސް ގޮނޑިއެވެ. ޖޯ ބައިޑަންގެ ވެރިކަމުގައި ބޭއްވުނު 2022 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބުން ފެށިގެން މިހާތަނަށް ހައުސްގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީގެ އަތުގައެވެ. މިހާރު ނިމުމަކަށް އަންނަ 119 ވަނަ ކޮންގްރެސްގެ ހައުސް އެކުލެވިގެންވަނީ ރިޕަބްލިކަން ޕާޓީގެ 218 މެންބަރުންނާއި، ޑިމޮކްރެޓިކް ޕާޓީގެ 214 މެންބަރުން އަދި އަމިއްލަ އެއް މެންބަރުގެ މައްޗަށެވެ. މީގެ އިތުރުން ދެ ގޮނޑި ހުސްކޮށް އޮތެވެ.

އެމެރިކާގެ ސެނެޓް މެންބަރުންގެ ދައުރަކީ ހަ އަހަރު ދުވަސް ކަމަށް ވިޔަސް، ހައުސްގެ ދައުރަކީ އެންމެ ދެ އަހަރު ދުވަހެވެ. އެހެންކަމުން މި އިންތިޚާބުގައި ހައުސްގެ ހުރިހާ 435 ގޮނޑިއަކަށް ވެސް ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ.

މި ކާމިޔާބީއާ އެކު، ހައުސްގައި ތިއްބަވާ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު، ނިއުޔޯކްގެ މެންބަރު ހަކީމް ޖެފްރީސް ހައުސްގެ ރައީސް (ސްޕީކަރ) ގެ މަގާމަށް އިންތިޚާބުވުން ވަރަށް ބޮޑަށް ގާތެވެ.

ސްޕީކަރުގެ މަގާމަކީ އެމެރިކާގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިވެއްޖެ ހާލަތެއްގައި ރައީސްކަމާ ހަވާލުވުމުގެ ތަރުތީބުން ތިންވަނައަށް އޮންނަ މަގާމެވެ. ޖެފްރީސް މި މަގާމަށް އިންތިޚާބުވެއްޖެނަމަ، އޭނާ ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ވެސް ހައުސްގެ ސްޕީކަރުކަން ކުރައްވާ ފުރަތަމަ ކަޅުނަސްލުގެ ބޭފުޅާއަށެވެ.

ވޭތުވެދިޔަ ދެ އަހަރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ އެމެރިކާގެ ރިޔާސަތާއި ކޮންގްރެސްގެ ދެ ގެ ވެސް ކޮންޓްރޯލްކޮށް "ޓްރައިފެކްޓާ" އެއް ދަމަހައްޓާފައެވެ. ނަމަވެސް، ޓްރަމްޕްގެ ދެވަނަ ދައުރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމާއި، ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ މަގުބޫލުކަމުގެ ސަބަބުން، ޑިމޮކްރެޓުން އަޣުލަބިއްޔަތު ހޯދާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކުރެވިފައެވެ. އިންތިޚާބުވި 120 ވަނަ ކޮންގްރެސް ހުވާކުރުން އޮންނާނީ 3 ޖެނުއަރީ 2027 ގައެވެ.

ރިޕަބްލިކަން ޕާޓީގެ ގިނަ ގޮނޑިތަކެއް ޑިމޮކްރެޓުން ކާމިޔާބުކުރުން

މި އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ގިނަ ގޮނޑިތަކެއްގެ ނަތީޖާ ފުރޮޅާލާފައެވެ. އެގޮތުން އަޔޯވާގެ ތިންވަނަ ޑިސްޓްރިކްޓުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ސާރާ ޓްރޯން ގެރިއޮޓް ވަނީ ރިޕަބްލިކަން މެންބަރު ޒެކް ނަން ބަލިކުރައްވާފައެވެ. ވާޖީނިއާގެ ވާދަވެރި ރޭހެއް ކާމިޔާބުކޮށް އެލެއިން ލޫރިއާ ގޮނޑި ކަށަވަރުކުރެއްވިއިރު، ޕެންސިލްވޭނިއާގެ 10 ވަނަ ޑިސްޓްރިކްޓުގައި ހަތް ދައުރު ފުރިހަމަކުރައްވާފައިވާ ރިޕަބްލިކަން މެންބަރު ސްކޮޓް ޕެރީ ބަލިކޮށް، ޖެނެލް ސްޓެލްސަން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު، ޑިމޮކްރެޓިކް ޕާޓީގެ މަޝްހޫރު މެންބަރުން ކަމަށްވާ އިލްހާން އުމަރު (މިނެސޯޓާ) އަދި ރޯ ކަންނާ (ކެލިފޯނިއާ) ވަނީ ފަސޭހަކަމާއެކު އެބޭފުޅުންގެ ގޮނޑިތައް ދިފާއުކުރައްވާފައެވެ.

މި ނަތީޖާއާ ގުޅިގެން ސެނެޓަރ ބާނީ ސޭންޑާސް ވިދާޅުވީ، ކޮންގްރެސްގެ ކޮންޓްރޯލް ލިބުމަކީ ޓްރަމްޕް ޖަވާބުދާރީ ކުރުވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މުއްސަނދިކަމުގެ ފަރަގު ކުޑަކުރުމަށް މަސައްކަތްކޮށް، އާދައިގެ މަސައްކަތްތެރި އާއިލާތަކުގެ ހައްގުގައި އެއްވެސް ބަހަނާއެއް ނުދައްކައި މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތާރީޚީ ކާމިޔާބީއެއް: އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަކަށް ޢަބްދުލް އަލް-ސައްޔިދު
04 Nov 2026 ދުނިޔެ

ތާރީޚީ ކާމިޔާބީއެއް: އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަކަށް ޢަބްދުލް އަލް-ސައްޔިދު

އެމެރިކާގެ މިޝިގަން ސްޓޭޓުން ވާދަކުރައްވައި، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް އަލް-ސައްޔިދު އެމެރިކާގެ ސެނެޓުގެ ގޮނޑި ކާމިޔާބު ކުރައްވައި، އެ ގައުމުގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް ބޭފުޅާގެ ޝަރަފު ހޯއްދަވައިފިއެވެ. މި އިންތިޚާބުގައި އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސްގެ މައްޗަށް ކުރި ހޯއްދަވާފައެވެ.

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި
04 Nov 2026 ދުނިޔެ

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި

ޣައްޒާގެ ޤަތުލްޢާއްމުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތް ދެއްވި ޑޮކްޓަރު، ޑރ. އާދަމް ޙަމަވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ
04 Nov 2026 ދުނިޔެ

ޑިމޮކްރެޓުން ކޮންގްރެސް ކާމިޔާބުކޮށްފިނަމަ ހުރިހާ ކަމެއް ވީޓޯ ކުރާނަން؛ އަހަރެންވާނީ މިސްޓަރ ވީޓޯއަށް: ޓްރަމްޕަ

އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރެޓިކް ޕާޓީން ހޯދައިފިނަމަ، އެ މީހުން ފާސްކުރާ ބިލްތައް ހުއްޓުވުމަށް ރައީސްގެ "ވީޓޯ" ގެ ބާރު ފުޅާ ދާއިރާއެއްގައި ބޭނުންކޮށް، "މިސްޓަރ ވީޓޯ" އަށް ބަދަލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.