އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާފައިވާކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ، އީރާނުން ބެލަސްޓިކް މިސެއިލް މެދުވެރިކޮށް ހަމަލާދޭން ފަށާފައިވާކަމަށެވެ. އީރާނުގެ ހަމަލާތަކަށް ތައްޔާރުވާން ފަށާފައިވާކަމަށްވެސް އިސްރާއީލްގެ ޑިފެންސުން ވަނީ ބުނެފައެވެ.
އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައި މިވަނީ ޔަހޫދީން ލުބުނާނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވަނިކޮށެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، އިސްރާއީލަށް މިސެއިލް ހަމަލާތަކެއް ފޮނުވާލިކަން ޔަގީންކޮށްދީފައެވެ. ރިވޮލިއުޝަނަރީ ގާޑްސް އިން ބުނީ ލުބުނާނަށް ދެމުންދާ ހަމަލާތައް އިސްރާއީލުން ވަގުތުން ހުއްޓާނުލާނަމަ، އިރާނުން އިސްރާއީލަށް ދޭންފެށި ހަމަލާތައް ހުއްޓާލުމެއް ނެތްކަމަށެވެ.
އިސްރާއީލުން ބެއިރޫތަށް މިފަހުން ދިން ހަމަލާތަކުގައި ވަނީ އާއްމުންގެ 20 މީހުނަށްވުރެ ގިނަ މީހުންގެ ފުރާނަގެއްލިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް