އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން :ފޮޓޯ/ އެމްޑަބްލިއުއެސްސީ
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން :ފޮޓޯ/ އެމްޑަބްލިއުއެސްސީ
ވިޔަފާރި 05 Feb 2023 | 13:06

ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިންމާލައިފި

އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ %80 މަސައްކަތް ނިމިއްޖެއެވެ.

މިގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތައް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތަކުގެ ބޮޑު ބެއް މިހާރު ނިމިފައިވާ ކަމަށާ، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން :ފޮޓޯ/ އެމްޑަބްލިއުއެސްސީ

ހެނބަދޫގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ އަގަކީ 41.36 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި
31 Oct 2026 ހަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓްގައި 109 މުވައްޒަފަކަށް އެވޯޑް ދީފި

ސްޓާފް އެވޯޑް ހަފްލާގައި 12 ކެޓަގަރީއަކުން 40 މުވައްޒަފަކަށް އެވޯޑް ދިނުމާއެކު ދިގު މުއްދަތުގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ދީފައެވެ.

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ
28 Oct 2026 ހަބަރު

މިހާރު ނަގަނީ ބިލް ކުރުމުގެ އައު މަރުހަލާ ފެށުމަށް ނަގާ ރީޑިން؛ ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގައި: އެމްޑަބްލިޔުއެސްސީ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި އެމްޑަބްލިޔުއެސްސީން މިހާރު ނަގަމުންދާ މީޓަރުގެ ރީޑިންގްތަކަކީ، ބިލް ކުރުމުގެ އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންގްތަކެއް ކަމަށާއި، ކަސްޓަމަރުންނަށް ފުރަތަމަ ބިލް ލިބޭނީ ނޮވެންބަރުގެ ބިލިންގ ސައިކަލުގައި ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ )އެމްޑަބްލިޔުއެސްސީ( އިން ހާމަކޮށްފިއެވެ.

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ
21 Oct 2026 ހަބަރު

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާއާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، ބިލިން ސައިކަލް މާދަމާ ފަށަނީ

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ ހަވާލުވި އެމްޑަބްލިއުއެސްސީގެ ފުރަތަމަ ބިލިންގ ސައިކަލް 22 އޮކްޓޫބަރު 2026 ގައި ފަށާނެއެވެ. ޚިދުމަތް މެދުނުކެނޑި ދޭނެކަމުގެ ޔަޤީންކަން ކުންފުނިން ދީފިއެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.

މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް: އެމްޑަބްލިޔުއެސްސީ
08 Oct 2026 ހަބަރު

މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް: އެމްޑަބްލިޔުއެސްސީ

ވިލިމާލޭގެ ފެނުގެ ނެޓްވޯކް މަރާމާތުކުރުމުގެ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލެ ވ...

ޑައިހައިޑްރޮޖެން މޮނޮކްސައިޑަކީ ފެނުގެ ކެމިކަލް ނަން: ދޮގު މައުލޫމާތު ނުފެތުރުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި
04 Oct 2026 ހަބަރު

ޑައިހައިޑްރޮޖެން މޮނޮކްސައިޑަކީ ފެނުގެ ކެމިކަލް ނަން: ދޮގު މައުލޫމާތު ނުފެތުރުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގައި ބަންދުކޮށްގެން ވިއްކާ ބޯފެނުގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، "ޑައިހައިޑްރޮޖެން މޮނޮކްސައިޑް" އ...