އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކޯޓަށް ހާޒިރުވަނީ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކޯޓަށް ހާޒިރުވަނީ
ދުނިޔެ 04 Apr 2023 | 23:38

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކޮށްފިއެވެ.

ޓްރަމްޕް ހައްޔަރުކޮށްފައިމިވަނީ އޭނާ އާއި ގުޅުން އޮތް ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްގެ އަނގަބަންދުކުރުމަށް އޭނާއަށް 130،000 ޑޮލަރު ދިން މައްސަލައަކާއި ގުޅިގެނެވެ.

މިކަމެއް ހިނގީ ޓްރަމްޕް ހިލަރީ ކްލިންޓަން އާއި ވާދަކޮށް ވެރިކަމަށް އިންތިޚާބު ވި، 2016 ގެ އިންތިޚާބު ކައިރިވެފައިވަނިކޮށެވެ. ސްޓޯމީ ބުނެފައިވަނީ އޭނާ އާއި ޓްރަމްޕް އާއި ދެމެދު 2006 ވަނަ އަހަރު ލޯބީގެ ގުޅުމެއް އޮތްކަމަށެވެ. ނަމަވެސް އެކަމަށް ޓްރަމްޕް އަންނަނީ ދެކޮޅުހަދަމުންނެވެ.

2016 ގެ އިންތިޚާބުގެ ތެރޭގައި އެވާހަކަ މީޑިއާއަށް ފާޅުކުރުމަށް ސްޓޯމީ ކުރި މަސައްކަތް ހުއްޓުވީ ޓްރަމްޕުގެ ކުރީގެ ވަކީލު މައިކަލް ކޮއެންއެވެ. އޭނާ ވަނީ ސްޓޯމީ އަށް ފައިސާ ދީގެން އެކަން ހުއްޓުވައިފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް ކެމްޕެއިން ކުރަމުންދިޔަ ޓްރަމްޕް ނިޔުޔޯކްގެ ކޯޓަށް ހާޒިރުވެފައިވަނީ ސީކްރެޓް ސާވިސްގެ ބޮޑީ ގާޑުންގެ ހިމާޔަތުގައެވެ. ޓްރަމްޕް މިއަދު ކޯޓަށް ހާޒިރު ކުރެވުނީ އޭނާގެ މައްޗަށް ކުރެވޭ ދައުވާތަކުގެ އަޑުއެހުމަށެވެ.

ޓްރަމްޕް އަކީ މިހާތަނަށް ޖިނާއީ ދައުވާއެއް ކުރެވުނު އެމެރިކާގެ ފުރަތަމަ ރައީސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު
01 Nov 2026 ދުނިޔެ

ރަސްމާލެ މަޝްރޫއުއަށް ފުރިހަމައަށް ތާއީދުކުރަން: ނަޝީދު

ނަޝީދު ވަނީ ރަސްމާލެ މަޝްރޫއުއާމެދު ކަންބޮޑުވުން ފާޅުކޮށް ގައުމީ މަޖިލީހުގެ އެކި މެންބަރުން ދެއްކެވި ވާހަަކަތަކަށް ވެސް އެކި ފަހަރުމަތީން ރައްދު ދެއްވާފަ އެވެ.

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް
22 Oct 2026 ދުނިޔެ

އެމެރިކާއާ މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނިއްޖެ: ރިޕޯޓް

އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ކައިރިން، ދުނިޔެއިން އާންމުކޮށް ނުފެންނަ ޒާތުގެ "އާދަޔާ ޚިލާފް ޖަނަވާރެއް" ފެނި، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ބޮޑު ސުވާލުތަކަކާއި ބަހުސްތަކެއް އުފެދިއްޖެއެވެ.

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި
19 Oct 2026 ދުނިޔެ

ވޭޕްކުރުމުން އަޑަށް ބަދަލު އައިކަން ސެލީނާ ގޯމޭޒް ހާމަކޮށްފި

އޭނާ މިކަން ހާމަކޮށްފައިވަނީ، އިންސްޓަގްރާމުގައި އާދީއްތަ ދުވަހު އޭނާ ޕޯސްޓުކުރި ވީޑިއޯއަކުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި
17 Oct 2026 ދުނިޔެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ 5 ދުވަސް ނުވަނީސް މަގާމުން ވަކިކޮށްފި

ޒަކާރިއާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވިއިރު، އެ ބައްދަލުވުން 15 މިނެޓަށް ދެމިގެންދިޔައިރު ޖަވާބުދެއްވީ ހަމައެކަނި ތިން ނޫސްވެރިއެއްގެ ސުވާލަކަށެވެ. އެ ބައްދަލުވުމުގައި ޒަކާރިއާ ފެނިގެން ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި ހާސްވެފައި ހުރި ތަނެވެ. ނޯޓު ފޮތަކުން ވާހަކަ ދައްކަމުން ނުކުތާތައް ކިޔައި، ދައްކަން ނުޖެހޭ ބައެއް ވާހަކަތައްވެސް ވަނީ ދައްކާފައެވެ.

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި
16 Oct 2026 ދުނިޔެ

އެމެރިކާގައި މީހަކަށް މަރުގެ އަދަބު ދޭތަން ލައިވްކުރަން ނިންމުމުން ފާޑުކިޔުން އަމާޒުވެ، އެކަން ނުކުރަން ނިންމައިފި

އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ބަޑީގެ ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލި މީހަކަށް، ބަޑިޖަހައިގެން މަރުގެ އަދަބު ދޭ މަންޒަރު ވަގުތުން ދެއްކުމަށް، ލައިވްކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...