ހޭވައްލާ ތައްޔާރުގެ ނަމުގައި އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަނެއް
ހޭވައްލާ ތައްޔާރުގެ ނަމުގައި އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަނެއް
ވިޔަފާރި 05 Oct 2022 | 10:52

"ހޭވައްލާ ތައްޔާރު"ގެ ނަމުގައި އެސްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅުވައިގެން "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަން ކުރިޔަށްގެންދާނީ އަންނަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ގިނަ ޑިސްކައުންޓުތަކާއި ބޮޑެތި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

އެސްޓީއޯއިން ވިއްކާ ސެމްސަންގް އަދި ފިލިޕްސް ބްރޭންޑުގެ ޓީވީތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގަންނަ ކޮންމެ ޓީވީއަކަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓުގެ އިތުރުން ޓީވީ ހަރުކުރާ ބްރެކެޓެއް ހިލޭ ލިބޭނެ އެވެ. އަދި ފިލިޕްސް ބްރޭންޑުގެ 50 އިންޗީގެ ކޮންމެ ޓީވީއަކާ އެކު ހިލޭ ސައުންޑްސްޕީކާ ބާ އެއް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގެ 1ވަނަ އިނާމަކަށް އައިފޯން 14 ޕްރޯ މެކްސްއެއް، 2 ވަނަ އިނާމަކަށް ޕީއެސް 5 އެއް ވީއާރް އާއެކު އަދި 3ވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެސްޓީއޯއިން ބުނީ ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ އެކި ގޭމުތައްވެސް ކުރިއަށްދާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި
29 Oct 2026 ވިޔަފާރި

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ 400 މިލިއަނަށް އެރިއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ
19 Oct 2026 ވިޔަފާރި

ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް އެސްޓީއޯ ހޮވިއްޖެ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ބޮޑަށް އަމަލުކުރާ ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން )އެސްޓީއޯ( ހޮވިއްޖެއެވެ.

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...