ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި، ޓްރެފިކް ބްލޮކް ވެއްޖެ!
ބްރިޖް ހައިވޭގައި ގިނަ އުޅަނދުތައް ޖެހި އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން ހައިވޭގެ ޓްރެފިކް ބްލޮކް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ދާދި ދެންމެ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖް ހައިވޭ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓެއް ވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އަދި އެކްސިޑެންޓާއި ގުޅިގެން ބްރިޖްގެ ޓްރެފިކް ބްލޮކްވެފައވާ އެހެންކަމުން ބްރިޖް ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ.
ހައިވޭގައި ހިނގި މިއެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއެކްސިޑެންޓްގައި އަނިޔާވި މީހަކަށް ހައިވޭ މަތީގައި އަވަސް ފަރުވާ ދެމުންދާ މަންޒަރު ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް