ޣައްޒާގެ ހޮސްޕިޓަލެއްގައި ހަމަލާއެއްގައި ޒަޚަމްވެފައިވާ ކުއްޖެއް އެކުއްޖާގެ މަންމައާއި އެކު. ފޮޓޯ: އަލްޖަޒީރާ
ޣައްޒާގެ ހޮސްޕިޓަލެއްގައި ހަމަލާއެއްގައި ޒަޚަމްވެފައިވާ ކުއްޖެއް އެކުއްޖާގެ މަންމައާއި އެކު. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ 06 Nov 2023 | 05:58

އިޒްރާއިލްގެ ހަމަލާތައް ޣައްޒާގެ ހޮސްޕިޓަލް ތަކަށް އަމާޒުކުރަނީ

އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ޣައްޒާގެ ސިއްޚީ ޚިދްމަތްދޭ ހޮސްޕިޓަލްތަކަށް އަމާޒުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން ޣައްޒާގެ އުތުރަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށް ޚާއްސަކޮށް ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވަނީ ގިނަކޮށްފައެވެ. ރޭ ޣަައްޒާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ޣައްޒާގެ މުވާސަލާތީ ވަޞީލަތްތަކުގެ ގުޅުން ވަނީ ކެނޑިފައެވެ.

ފަލަސްޠީން ސަރުކާރުގެ މީޑީއާ އޮފީހުގެ އިސްވެރިޔާ ސަލާމާ މައުރޫފް އަލްޖަޒީރާއަށް ބުނެފައިވަނީ މެދު ކެނޑުމެއްނެތި އެއް ގަޑިއިރުވަންދެން ހޮސްޕިޓަލްތަކުގެ ކައިރި ސަރަހައްދުތަކަށް ބޮން އަޅައިފައިވާ ކަަމަށެވެ.

ސަލާމާ އަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލްގެ ގޯތި ތެރެއަށް އިޒްރާއިލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެެވެ.

ދާރް އަލް ބަލާހް އިން ރިޕޯޓް ކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ޞަފްވަތް ވިދާޅުވެފައިވަނީ ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކަށް ދިން ހަމަލާތަށް ވެސް ޢާންމު ގޮތެއްގައި އަމާޒު ކޮށްފައިވަނީ ހޮސްޕިޓަލްތަކާއި ކައިރި ހިސާބުތަކަށް ކަމަށެވެ.

ޣައްޒާގެ ހޮސްޕިޓަލް ތަކުގެ ކޮރިޑޯ ތަކުގެ ތެރެއަށް އިޒްރާއިލުން ހަމަލާދެމުން އަންނައިރު ގެދޮރު ގެއްލިފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ބޯހިޔާ ވަހިކަން ހޯދަމުން އަންނަނީ ހޮސްޕިޓަލް ތަކުގައެވެ.

އިއްޔެގެ ވަގުތެއްގައި އިޒްރާއިލް ސިފައިންވަނީ ޣައްޒާގެ އަލް ޤުދުސް ހޮސްޕިޓަލަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މިހަމަލާގެ ސަބަބުން 14 މީހަކަށް އަނިޔާވެ ޢިމާރާތައް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.

ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ފަހު އިޒްރާއިލްގެ ޔަހޫދީން މިފަހަރުވެސް ބުނެފައިވަނީ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާދެނީ ހަމާސްގެ ހަނގުރާމަވެރިން މިލިޓަރީ ބޭނުންތަކަށް ހޮސްޕިޓަލްތައް ބޭނުން ކުރާ ކަމަށެވެ. ކުރިންވެސް އިޒްރާއިލުން ކުރި މިފަދަ ތުހުމަތުތައް ހަމާސް ޖަމާޢަތުން ވަނީ ދޮގުކޮށްފައެވެ.

އިޒްރާއިލްގެ މިލިޓަރީގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފައިވަނީ ހަމާސް އިން ވަނީ ހަނގުރާމަ ވެރިންނާއި އެމީހުންގެ ހަތިޔާރުތައް ހޮސްޕިޓަލް ތަކާއި ސްކޫލް ތަކާއި މިސްކިތްތައް ފަދަ ތަންތަނުގަޔާއި އެތަންތަނުގެ އަޑީގަޔާއި އެތަންތަނުގެ ވަށައިގެން ރައްކާ ކޮށްފައި ކަމަށެވެ. އަދި ހަނގުރާމައިގައި ހަމާސް އިން ހިންގާ އެންމެ ބޮޑު ކުށަކީ ހޮސްޕިޓަލްތައް އެމީހުންގެ މަސައްކަތް ތަކަށް ބޭނުން ކުރުން ކަމަށް އޭނާ ބުނެފައިވެއެވެ.

އިޒްރާއިލުން މިފަދަ ވާހަކަތައް ދެއްކި ނަމަވެސް އެކަންކަން އެމީހުންނަށް ސާބިތު ކޮށް ދެވިފައެެއް ނުވެއެވެ.

އިޒްރާއިލްގެ ޔަހީދީން ޣައްޒާގެ ސިއްޚީ ޚިދްމަތް ދޭ ތަންތަނަށް އަމާޒުކޮށް ހަމަލާދެމުން ދާތީ ޑަބްލިޔު.އެޗް. އޯ އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ރޭވެސް އިޒްރާއިލުން ވަނީ ޣައްޒާގެ ހުޅަނގު ގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާއަށް އަމާޒުކޮށް ހަމަލާއެއް ދީފައެވެ.

މީގެ އިތުރުންވެސް ޣައްޒާގެ އެކި ހޮސްޕިޓަލްތަކުގެ ކައިރި ސަރަހައްދުތަަކަށް އިޒްރާއިލުން ވަނީ ހަމަލާދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...