އިޒްރާއިލުން ރޭ އެކަނިވެސް ޣައްޒާގެ 200 މީހަކު ޝަހީދުކޮށްލައިފި
އިޒްރާއިލްގެ ޔަހޫދީން ރޭ އެކަނިވެސް ފަލަސްޠީނުގެ ޣައްޒާއިން 200 މީހުން ޝަހީދު ކޮށްލައިފިއެވެ.
އަލްޖަޒީރާގައި ފަލަސްޠީނުގެ ހެލްތް މިނިސްޓްރީއަށް ހަވާލާދީ ބުނެފައިވަނީ އިޒްރާއިލުން ރޭ ޣައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައި ކަމަށެވެ.
ރޭ އިޒްރާއިލުން ވަނީ ޣައްޒާއަށް 450 އަށް ވުރެ ގިނަ ހަމަލާދީފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
މިއަދުގެ މިހާތަނަށް ދިޔައިރުވެސް އިޒްރާއިލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ހުއްޓުމެއްނެތި ވަރުގަދަ ހަމަލާތައް ދެމުންނެވެ.
އެގޮތުން ޚާން ޔޫނިސްގައި ހުންނަ ދެ ޢިމާރާތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ސަބަބުން 15 މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާއަސް އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ ޢަދަދު 10،000 އަށް މިހާރު އަރައިފައިވާއިރު އޭގެ ތެރޭއިން 4104 ޝަހީދުންނަކީ ކުޑަކުދިންނެވެ. 2641 ޝަހީދުންނަކީ އަންހެނުންނެވެ.
މީގެ އިތުރުން މިހާތަަނަށް 25408 މީހަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް