އެޕޯލޯގެ 9 ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައި ކުރަން އެސްޓީއޯއާ ހަވާލު ކުރުން-- ފޮޓޯ/އެސްޓީއޯ
އެޕޯލޯގެ 9 ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައި ކުރަން އެސްޓީއޯއާ ހަވާލު ކުރުން-- ފޮޓޯ/އެސްޓީއޯ
ވިޔަފާރި 29 Feb 2024 | 10:18

އެޕޯލޯގެ 9 ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައި ކުރުމަށް އެސްޓީއޯއާއި ހަވާލުކޮށްފި

އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުންގެންދާ 9 އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އެސްޓީއޯއާއި ހަވާލުކޮށްފި އެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެއެވެ.

މި އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް، އިންސްޓޯލް ކުރެވިގެންދާއިރު ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ 05 ލިފްޓް ހަރުކުރެވިގެން ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެޕޯލޯ ޓަވަރު ތަކުގައި ހަރުކުރެވިގެންދާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކެއްކަމަަށް އެސްޓީއޯއިން ފާހަގަކޮށްފައި ވެއެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައެވެ.

ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. "މެޝިންރޫމްލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި
29 Oct 2026 ވިޔަފާރި

އެސްޓީއޯގެ ހިންގުމުގެ ފައިދާ 23 އިންސައްތަ މައްޗަށް؛ ސާފު ފައިދާ 281 މިލިއަނުގައި

އެސްޓީއޯގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާ 400 މިލިއަނަށް އެރިއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.