ވިލާ މާޓް އިން ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ޓްރެއިނިންގ ގެ ތެރެއިން: ފޮޓޯ/ ވިލާ މާޓް
ވިލާ މާޓް އިން ކުރިއަށް ގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ޓްރެއިނިންގ ގެ ތެރެއިން: ފޮޓޯ/ ވިލާ މާޓް
ވިޔަފާރި 08 Feb 2023 | 06:31

ވިލާ މާޓް އާއި ހުޅުމާލެ ކޮމިއުނިޓީ އެލައެންސް އާއި ގުޅިގެން އަލިފާނުން ރައްކާތެރިވުމަށް ޓްރެއިނިންގްއެއް

ހުޅުމާލެ ކޮމިއުނިޓީ އެލައެންސް އަދި އެމް.އެން.ޑީ.އެފް ފަޔާ އެންޑް ރެސްކިއު ސާވިސް އަދި ވިލާ މާޓް އާއި ގުޅިގެން އަލިފާނުގެ ހާދިސާއެއްގައި އަމަލު ކުރަންވީ އަސާސީ މިންގަނޑުތައް ކިޔައިދޭ ޓްރެއިނިންގްއެއް ހުޅުމާލޭގެ ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ އަންހެން ކަނބަލުންނަށް ހާއްސަކޮށް ހިންގައިފިއެވެ.

މި ޓްރެއިނިންގެ ހިންގާފައި ވަނީ 4 ފެބްރުއަރީ 2023 ވީ ހޮނިހިރު ދުވަހު މެންދުރު 2 އަކުން 6 ކަށް ހިޔާ ފްލެޓްގެ H14 ޓަވަރުގެ ގްރައުންޑް ފްލޯގައެވެ.

މި ޓްރެއިނިންގް ގެ ބައިވެރިންނަށް އާންމު ގޮތެއްގައި އަލިފާނުފެ ހާދިސާއެއް ހިނގަން މެދުވެރިވާ ސަބަބުތައް , އަލިފާން އެންމެ ފަސޭހައިން ފެތުރޭ ގޮތްތައް , އަލިފާން ނިއްވާނެ ގޮތްގޮތް , އަލިފާން ނިއްވަން ބޭނުންކުރާ ފީފާގެ ވައްތަރުތައް އަދި އަލިފާން ނިއްވަން ބޭނުންކުރާ ރަޖާ ނުވަތަ ފޮތީގެ ވައްތަރުތައް ވަނީ ކިޔައިދީފައެވެ. އަދި މީގެ އިތުރުން އެފަދަ ހާދިސާއަކުން ސަލާމަތާއެކު ދުރަށް ދިއުމަށް އެންމެ ފަސޭހަ އަދި ރައްކާތެރި ގޮތްތައްވެސް ވަނީ ކިޔަދީފައެވެ.

50 އަށްވުރެ ގިނަ މީހުން މި ޓްރެއިނިންގް ގައި ބައިވެރިވެފައިވާއިރު މިއީ އަލިފާނުގެ ހާދިސާތަކަށް މީހުން ހޭލުންތެރި ކުރުމަށް މުހިންމު ޓްރެއިނިންގ އެކެވެ. އެހެނީ އަލިފާނުގެ ހާދިސާއެއް ހިނގުމަށް މެދުވެރި ވާނެ އެއްޗެހި ދެނެގަނެ، އެފަދަ އެމަޖެންސީ ހާލަތެއް ކުރިމަތި ވެއްޖެނަމަ ކަންކުރަންވީ އެންމެ ރައްކާތެރި ގޮތް އެނގުމަކީ މީހެއްގެ ފުރާނަވެސް ސަލާމަތްކުރެވޭނެފަދަ މުހިއްމު ކަމެކެވެ.

މި ޕްރޮގްރާމް ގެ މައި ސްޕޮންސަރު ވިލާ މާޓަކީ މިފަދަ ޓްރެއިނިންގް ތަކާއި އިވެންޓްތައް ހިންގުމަށް ބޮޑު އެއްބާރުލުމެއް ދޭ ކުންފުންޏެކެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް ފައިދާހުރި ގޮތަކަށް މިފަދަ ޓްރެއިނިންގްތައް ހިންގުމަކީ ކުރިޔަށް އޮތްތާގައިވެސް ވިލާ މާޓްގެ އަމާޒު ކަމަށް އެ ކުންފުނިން ބުނެއެވެ.

ހުޅުމާލެ ފޭސް 2 ގައި ހިޔާ ފްލެޓް H14 ޓަވަރުގައި ހުޅުވި ވިލާ މާޓަކީ މިވަގުތު ހުޅުމާލެ ފޭސް 2 ގައި ހުރި މަދު ސުޕަމާކެޓް ތަކުގެ ތެރެއިން ސުޕަމާކެޓެކެވެ. ދިގުދެމިގެންދާގޮތުގައި ފައިދާހުރި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން އަބަދުވެސް މަސައްކަތްކުރާ ވިލާ މާޓަކީ ރާއްޖެއަށް ކުރިން ތައާރަފް ނުކުރާ ބްރޭންޑްތަކުގެ ތަފާތު, ފައިދާހުރި އަދި ކޮލިޓީ ތަކެތި އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ. އަދި މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށްވެސް ބޮޑު އިސްކަމެއް ވިލާ މާޓުން ދެއެވެ.

ވިލާ މާޓާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ވިލާ މާޓުގެ މެއިލް: [email protected] އަށް މެއިލް  އެއް ފޮނުއްވާލައްވާ ނުވަތަ ވިލާ މާޓުގެ ހޮޓަލައިން ނަންބަރު: 7667711 އަށް ގުޅާލުމުން ލިބޭނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.