އެކްސިޑެންޓްގައި ޒަހަމްވި ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ ނިޔާވެއްޖެ!
މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކުރީގެ ހެލްތް މިނިސްޓަރ އަބްދުالله އަމީންގެ ބައްޕަ އަހްމަދު މަނިކު ނިޔާވެއްޖެއެވެ.
މަނިކު އެކްސިޑެންޓްވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހު ބޮޑުތަކުރުފާނު މަގު، އޮކްސިޖަން ކައިރީގައި މަނިކު ދުއްްވާފައި ދިޔަ ސައިކަލުގައި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އަހްމަދު މަނިކުގެ ބޮލަށް ވަނީ އަނިޔާވެފައެވެ.
އަދި އުމުރުން 74 އަހަރުގެ އަޙްމަދު މަނިކު ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައެވެ.
މަނިކުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

އަހްމަދު މަނިކަކީ އަމީންގެ އިތުރުން ރައްޔިތުން މަޖލީހުގެ ކުރީގެ މެމްބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ނާއިބު ސަފީރު މުޙައްމަދު އަމީތު އަޙްމަދު މަނިކުގެވެސް ބައްޕައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް