މީހެއް އަތުން ފޭރިގެން ދުއްވާފައި ދަނިކޮށް އެކްސިޑެންޓް ވެއްޖެ!
މާލޭ މަގު މަތިން ހިނގާފައި ދިޔަ މީހެއްގެ އަތްދަބަސް ފޭރިގަތުމަށްފަހު ސައިކަލްގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވެއްޖެ އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ, ލިލީ މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް މިރޭ 7:02 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެކްސިޑެންޓުވި އެއް ސައިކަލަކީ މީހެއްގެ އަތުން ފޭރުުމަށް ފަހު ދުއްވާފައި ދިޔަ ސައިކަލެއް ކަމަށް، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް