ޣައްޒާއަށް ވެއްދި އެހީގެ ޓްރަކެއް. ފޮޓޯ: އިންޓަރނެޓް
ޣައްޒާއަށް ވެއްދި އެހީގެ ޓްރަކެއް. ފޮޓޯ: އިންޓަރނެޓް
ދުނިޔެ 08 Nov 2023 | 05:53

ޣައްޒާއަށް އެތެރެކުރި އެހީގެ ގާފިލާއަކަށް އިޒްރާއިލުން ހަމަލާދީފި

ފަލަސްޠީނުގެ ޣައްޒާއަށް އެތެރެކުރި އެހީގެ ގާފިލާއަކަށް އިޒްރާއިލުން ހަމަލާދީފިއެެވެ.

އަލްޖަޒީރާގައި ފަލަސްޠީނުގެ ރެޑް ކްރޮސެންޓާއި ހަވާލާދީ ބުނެފައިވަނީ އިޒްރާއިލުން ޣައްޒާއަށް އެތެރެކުރި އެހީގެ ގާފިލާއަކަށް އަމާޒުކޮށް ހަމަލާދީފައިވާކަަށެވެ.

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސެންޓާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އެހީގެ ތަކެތީގެ ގޮތުގައި ޣައްޒާއަށް ވެއްދި ބޭސްވެރިކަމާއި ގުޅޭ ތަކެތި މެޑިކަލް ފެސިލިޓީ ތަކަށް ފޯރު ކޮށްދިނުމުގެ މަގުމަތީގައި ވަނިކޮށް އެތަަކެތި އުފުލި 5 ޓްރަކްގެ ގާފިލާއަށް ހަމަލާދިނުމުން އެޖަމިއްޔާ ވަނީ ވަރަށް ބޮޑު އުނދަގުލެއް ތަހައްމަލް ކުރަން ޖެހިފައިކަމަށެވެ.

އޭގެ ތެރެއިްނ ދެ ޓްރަކެއް ހަލާކުވެފައިވާ ކަަމަށާއި އެއް ޑްރައިވަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

“މިއީ އިންސާނީ އެހީ ފޯރުކޮށްދޭ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވޭނެ ފަދަ ހާލަތެއް ނޫން، އަހަރެމެން މިތަނަށް އައީ ޢާންމު ރައްޔިތުނަށް ބޭނުންވާ އެހީ ފޯރުކޮށްދޭން، މި މެޑިކަލް ސާމާނު މެޑިކަލް ފެސިލިޓީތަކަށް ފޯރުކޮށްދެވުނު ކަމުގެ ޔަޤީން ކަން ހޯދަން” އިންޓަރނޭޝަނަލް ރެޑް ކްރޮސެންޓްގެ ފަލަސްޠީނަށް ކަނޑައަޅާއިފައިވާ ހެޑް ވިލިއަމް ޝޮމްބެގް ބުނެފައިވެއެވެ.

އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ދެކުނުގައި ހުންނަ ރަފަޙް ބޯޑަރު ހުރަސްކޮށް ވައްދައިފައިވަނީ 569 އެހީގެ ޓްރަކެވެ. ނަމަވެސް އެ އެހީގެ ތަކެތީގެ އެއްވެސް މިންވަރެއް ޣައްޒާގެ އުތުރަށް ލިބިފައެއް ނުވެއެވެ.

އޮކްޓޫބަރު 7 ގައި ފެށުނު ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 750 އާއި 850 ދެމެދުގެ ޢަދަދަކަށް އެހީގެ ޓްރަކް ޣައްޒާއަށް ވައްދާ ކަަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިއްޔެ ޣައްޒާ އަށް ރަފަޙް ބޯޑަރުން ވަނީ އެހީގެ ތަކެތީގެ 93 ޓްރަކެއް ވަނީ ވައްދައިފައިވެއެވެ. އެ ޓްރަކް ތަކުގައި ވައްދައިފައިވަނީ ކާނާ އާއި ފެން، އަންނައުނާއި ރަޖާ، ބޭސް އަދި މެޑިކަލް ސާމާނު ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދިވެސް ރަފަޙް ހުރަސްކޮށް ތެޔޮ ވެއްދުން ވަނީ މަނާކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...