އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓް
އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓް
ދުނިޔެ 08 Nov 2026 | 05:45

އިސްރާއީލުގެ އާ ސަރުކާރު އެކުލަވާލަން ރައީސް ޚިޔާރުކުރީ އައިޒެންކޮޓް؛ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް؟

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ ޒިންމާ، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނުދީ، އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓްއާ ރައީސް އިސާކް ހަރޒޮގް ހަވާލުކޮށްފިއެވެ.

ރައީސް ހަރޒޮގްގެ ތަރުޖަމާނު ބުނި ގޮތުގައި މި ނިންމުން އައިޒެންކޮޓްއަށް ހޮނިހިރު ދުވަހުގެ ރޭ އަންގާފައިވާއިރު، ރަސްމީކޮށް ސަރުކާރު އެކުލަވާލުމުގެ މެންޑޭޓް އޭނާއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޔަޝާރު' ޕާޓީގެ ލީޑަރު އައިޒެންކޮޓްއަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ދިންއިރު، އޭނާއަށް ގިނަ ޕާޓީތަކެއްގެ ތާއީދު އެބައޮތެވެ. އޭގެ ތެރޭގައި އަރަބި ޕާޓީތައް ހިމެނޭހެން ގިނަ މެންބަރުން އައިޒެންކޮޓްއަށް ތާއީދުކުރިއިރު، ނަތަންޔާހޫއަށް ތާއީދުކުރީ އެންމެ 46 މެންބަރުންނެވެ.

އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގެ 120 ގޮނޑީގެ ތެރެއިން މަދުވެގެން 61 ގޮނޑީގެ އަޣުލަބިއްޔަތު ހޯދަންޖެހެއެވެ. މިކަމަށްޓަކައި އައިޒެންކޮޓްއަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިތުރު 14 ދުވަސް ދެވިދާނެއެވެ.

އޮކްޓޫބަރު މަހު ބޭއްވި އިންތިޚާބުގައި އައިޒެންކޮޓްގެ ހަތަރު ޕާޓީ އެކުލެވޭ އިއްތިހާދަށް ލިބުނީ 48 ގޮނޑިއެވެ. އަދި ނަތަންޔާހޫގެ ކަނާތުފިޔައިގެ ޕާޓީތަކަށް ލިބުނީ 53 ގޮނޑިއެވެ. އެހެންކަމުން ދެ މީހުންނަށްވެސް ސީދާ އަޣުލަބިއްޔަތެއް ނުލިބުނެވެ. މި އިންތިޚާބުގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ އަރަބި ޕާޓީތަކުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދައި، 19 ގޮނޑި ކާމިޔާބުކޮށްފައެވެ.

އަރަބި ޕާޓީތަކާ އެކު ސީދާ ކޯލިޝަނެއް ހެދުމަށް އައިޒެންކޮޓް ދެކޮޅު ހަދަމުންދާއިރު، އޭނާއަށް ސަރުކާރެއް އެކުލަވާލެވެން އޮތީ ދީނީ ދެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑައިޒަމް އަދި ޝާސް ޕާޓީގެ ތާއީދު ހޯދައިގެންނެވެ. ނުވަތަ މަޖިލީހުގެ އިތުބާރު ހޯދައިގެން މައިނޯރިޓީ ސަރުކާރެއް އުފައްދައިގެންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި، ރައީސް ހަރޒޮގް މި ނިންމުން ނިންމީ އެންމެ ގިނަ މެންބަރުންގެ ލަފަޔާ އެއްގޮތަށެވެ. އަދި ދެވިފައިވާ މުއްދަތުގައި އައިޒެންކޮޓްއަށް ސަރުކާރެއް ނުއުފެއްދިއްޖެނަމަ، އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދެވޭނެއެވެ. އެ ކެންޑިޑޭޓަށްވެސް ނާކާމިޔާބުވެއްޖެނަމަ، 90 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

އެހެންކަމުން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައިސްފާނެކަން ނުވަތަ ނޫން ކަމާމެދު އުފެދޭ ސުވާލުގެ ޖަވާބު ލިބެން އޮތީ މިހުރިހާ ކަމެއް ނިމުމުން ކަމަށް މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

2015 އިން 2019 އަށް އަސްކަރިއްޔާގެ ވެރިޔަކަށް ހުރި އައިޒެންކޮޓަކީ 2023 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ލާއިންސާނީ ގަތުލުއާންމުގެ ފުރަތަމަ އަށް މަސްދުވަހު ނަތަންޔާހޫގެ ވޯ ކެބިނެޓުގައިވެސް އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

އަރަބި ޕާޓީތަކުގެ ކޯލިޝަން ކަމަށްވާ 'ޖޮއިންޓް ލިސްޓް' ގެ އިސް މެންބަރެއް ކަމަށްވާ އަހްމަދު ތީބީ ބުނީ، އެ ޕާޓީތަކުން އައިޒެންކޮޓްއަށް ތާއީދުކުރީ ނަތަންޔާހޫ އާއި ބެން-ގްވީރް އަދި ސްމޮޓްރިޗް ފަދަ ހަރުކަށި ފަރާތްތަކުގެ ސަރުކާރު ނިމުމަކަށް ގެނައުމުގެ ބޭނުމުގައެވެ.

މި ނިންމުމުގެ ކުރިން ނަތަންޔާހޫ ވަނީ އަރަބި ޕާޓީތަކުގެ ތާއީދާއެކު ސަރުކާރެއް އުފައްދައިފިނަމަ އިސްރާއީލު ވެއްޓުމަކާ ދިމާއަށް ހިނގައިދާނެ ކަމަށް ބުނެފައެވެ. މިއަށް ރައްދު ދެމުން ތީބީ ބުނީ، ސަރަހައްދުގައި ހުރި އެންމެ ބޮޑު ޓެރަރިސްޓަކީ އަދި ޓެރަރިޒަމަށް ހިތްވަރުދޭ އެންމެ އިސް ފަރާތަކީ ޚުދު ނަތަންޔާހޫ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް
08 Nov 2026 ދުނިޔެ

ބަންގްލަދޭޝް ބޭންކުން ރަމަޟާން މަހުގެ ކާބޯތަކެތި އެތެރެކުރުމަށް ބޮޑެތި ލުއިތަކެއް

މަރުކަޒީ ބޭންކުން ވިޔަފާރި ބޭންކުތަކަށް އަންގާފައިވަނީ ރަމަޟާން މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރުމަށްޓަކައި ހުޅުވާ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) ތަކަށް ކުރިއާލާ ބަހައްޓަންޖެހޭ ފައިސާ ނުވަތަ 'ކޭޝް މާޖިން' އެންމެ ކުޑަ މިންވަރެއްގައި ބެހެއްޓުމަށެވެ.

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް
08 Nov 2026 ދުނިޔެ

ޖަޕާނަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް

ޖަޕާނުގެ މެދުތެރޭގެ ސަރަޙައްދުތަކަށް ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް، 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި
08 Nov 2026 ދުނިޔެ

ޣައްޒާގައި ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ 70،000 އާއިލާއެއްގެ ފޭލިގެތައް ފެނުއަޑީގައި

ޣައްޒާގެ އިމަޖެންސީ ކޮމިޓީން ބުނެފައިވަނީ ފިނި މޫސުމާ ކުރިމަތިލާއިރު ގާތްގަނޑަކަށް 200،000 ފޭލިގެއާއި ހޫނުކުރާ ސާމާނު ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، އިޒްރޭލުން އެހީގެ ސާމާނު ވެއްދުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މިފަދަ އެއްވެސް އެހީއެއް އެތެރެކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެންޖީއޯ ނެޓްވޯކްގެ ޑިރެކްޓަރު މުޙައްމަދު ސަލްހާ ވިދާޅުވީ، މިސްރުގެ ބޯޑަރު ކައިރީގައި 50،000 ފޭލިގެ ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުން އެތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.

'ފްރީ ފަލަސްތީން' ބޭންޑާއެކު ކައިރީ ލާވިންގް މެޗަށް: ފަލަސްތީނުގެ ޙައްޤުގައި ވަރުގަދަ މެސެޖެއް
06 Nov 2026 ދުނިޔެ

'ފްރީ ފަލަސްތީން' ބޭންޑާއެކު ކައިރީ ލާވިންގް މެޗަށް: ފަލަސްތީނުގެ ޙައްޤުގައި ވަރުގަދަ މެސެޖެއް

އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ލީގު (އެން.ބީ.އޭ) ގެ ތަރި، ޑަލަސް މެވަރިކްސްގެ ކުޅުންތެރިޔާ ކައިރީ ލާވިންގް، ކުޅިވަރުގެ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު އަނެއްކާވެސް ހާމަކޮށްފިއެވެ.

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި
04 Nov 2026 ދުނިޔެ

ޣައްޒާގައި ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ޑރ. އާދަމް ޙަމަވީ އެމެރިކާގެ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފި

ޣައްޒާގެ ޤަތުލްޢާއްމުގައި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ވޮލަންޓިއަރެއްގެ ގޮތުގައި ޚިދުމަތް ދެއްވި ޑޮކްޓަރު، ޑރ. އާދަމް ޙަމަވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގޮނޑިއެއް ކާމިޔާބު ކުރައްވައި ތާރީޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ