އދ އޮމަދޫ ސިއްހީ މަރުކަޒު
އދ އޮމަދޫ ސިއްހީ މަރުކަޒު
ހަބަރު 08 Nov 2026 | 06:16

ތަދު ކަނޑުވާ އިންޖެކްޝަން ނުދީގެން ޑޮކްޓަރަށާއި ފުލުހުންނަށް ބިރުދެއްކި މީހަކު އެއްލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އޮމަދޫ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދެއްކުމަށްފަހު، ތަދު ކަނޑުވާ އިންޖެކްޝަނެއް ޖަހައިނުދިނުމުން ޑޮކްޓަރަށާއި ފުލުހުންނަށް މަރުގެ އިންޒާރުދީ ބިރުދެއްކި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ އެއްލައްކައަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ އަޙްމަދު ނާފިޢު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދަޢުލަތުން އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ދެ ދަޢުވާއެއް އުފުލި ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ދެ ދަޢުވާއަށްވެސް އިންކާރުކޮށްފައެވެ. ނަމަވެސް ހުށަހެޅިފައިވާ ހެކި ޤަރީނާތަކުގެ އަލީގައި ދެ ދަޢުވާވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ.

ފުރަތަމަ ދަޢުވާއަކީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ 20:30 އެހައިކަންހާއިރު، އދ. އޮމަދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ސު ތިންޒާރ އަންގް އަށް ނާފިޢު ދައްކައި، ތަދު ކަނޑުވަން އިންޖެކްޝަން ޖަހައިދިނުމަށް އެދުމުން އިންޖެކްޝަންގެ ބަދަލުގައި ޑޮކްޓަރު ބޭސް ދިނުމުން، އެކަމާ ހިތްހަމަނުޖެހިގެން ޑޮކްޓަރު މަރާލާނެކަމަށް ބުނެ ބިރުދެއްކި މައްސަލައެވެ.

މި މައްސަލަ ސާބިތުވުމުން އޭނާގެ މައްޗަށް ކަނޑައެޅި 22 ދުވަހާއި 12 ގަޑިއިރުގެ ޖަލު ޙުކުމް ވަނީ 4,500 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

އަދި މި ފައިސާ 15 ސެޕްޓެންބަރު 2024 އިން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

ދެވަނަ ދަޢުވާއަކީ، 23 ޖޫން 2024 ދުވަހުގެ ރޭ 21:18 އެހައިކަންހާއިރު، އޮމަދޫ ޞިއްޙީ މަރުކަޒު ތެރޭގައި އޭނާ އަޑުގަދަކޮށް ހަޅޭއްލަވަމުން ދަނިކޮށް، އެގޮތަށް ޢަމަލުނުކުރުމަށް ފުލުހުން ނަޞޭޙަތްތެރިވުމުން، ފުލުހުންނާ ދިމާލަށް މަރާލާނެ ކަމަށާއި އެރަށު ޕޮލިސް ޕޯސްޓުގައި ރޯކޮށް ގެއްލުންދޭނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެވެ.

މި ކުށް ސާބިތުވެގެން އޭނާގެ މައްޗަށް އިއްވި 1 އަހަރާއި 6 މަހާއި 21 ދުވަހުގެ ޖަލު އަދަބު ވަނީ 112,200 (އެއްލައްކަ ބާރަ ހާސް ދުއިސައްތަ) ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. މި ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި ދެ މައްސަލައިގައި އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ޖުމްލަ ޢަދަދު 116,700 (އެއްލައްކަ ސޯޅަ ހާސް ހަތްސަތޭކަ) ރުފިޔާއަށް އަރައެވެ.

މި ދެ ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރެއްވީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާމިނަތު ނިޔާޝާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް
08 Nov 2026 ހަބަރު

މޫސުމީ އިންޒާރު ފޯނަށް ލިބޭގޮތަށް މެޓުން މޯބައިލް އެޕްލިކޭޝަނެއް

މި ވެބްސައިޓާއި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މޫސުމީ އިންޒާރުތައް އަދި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފޮނުވާ ނޮޓިފިކޭޝަންތައް ވަގުތުން ކާރިސާގެ ކުރިން އާންމުންނަށް ލިބޭނެ ފަދަ ހަރުދަނާ ނިޒާމަކާ އެކުގައެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު
08 Nov 2026 ހަބަރު

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފާއި ސަމީރު

އެ ފުރުސަތު ބަންދުވީއިރު ކުރިމަތިލެއްވީ ރައޫފާއި ސަމީރެވެ.

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް
08 Nov 2026 ހަބަރު

ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް

މި ދެ މީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ، މި މަހުގެ 4 ވަނަ ދުވަހު ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕެރޭޝަނެއްގެ ތެރެއިންނެވެ.

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
08 Nov 2026 ހަބަރު

މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރުފަހު 15:42 ހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި
08 Nov 2026 ހަބަރު

އެމްއެންޔޫގެ ސައިކޮލޮޖީ ދަރިވަރުން މާފުށީ ޖަލަށް، ގައިދީން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްތައް ބަލާލައިފި

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ހިންގާ ރިހިބިލިޓޭޝަން މަސައްކަތްތަކާބެހޭ މައުލޫމާތު ގާތުން ހޯދުމެވެ.

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
08 Nov 2026 ހަބަރު

ޕާޓީން ކުރި ޚަރަދުތަކުގެ ތަފްސީލް އޮޑިޓް ރިޕޯޓްގައި ނުހިމެނުމުން ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، ޢަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
08 Nov 2026 ހަބަރު

އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު މެންދުރުފަހު 3:00 އިން މިރޭ 19:00 އާ ހަމައަށެވެ. އެގޮތުން، މީގެ 1 ގަޑިއިރު ކުރިން މެޓް އޮފީހުން ވަނީ، ހއ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ
08 Nov 2026 ހަބަރު

ލ. ގަމުން ރުއްގަސް ބޭރުކުރާނަމަ ފީއެއް ނަގަނީ

ލ. ގަމުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކުރުމަށް، އެ ރަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުމާ ގުޅޭ ޚާއްޞަ އުސޫލެއް އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.