ތިން ގައުމުގެ ވަޒީރުން ބައްދަލުކުރެއްވުން
ތިން ގައުމުގެ ވަޒީރުން ބައްދަލުކުރެއްވުން
ދުނިޔެ 01 Sep 2026 | 08:34

މައްކާ ދިފާޢީ އެއްބަސްވުމުގެ ސެކްރެޓޭރިއެޓް ސަޢޫދީގައި ޤާއިމުކުރަން ތިން ޤައުމުން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާއާއި ތުރުކީއާއި ޕާކިސްތާނުން މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓުގެ ދާއިމީ ސެކްރެޓޭރިއެޓެއް ސަޢޫދީ ޢަރަބިއްޔާގައި ޤާއިމުކުރުމަށް އެއްބަސްވެއްޖެއެވެ.

މި ނިންމުން އިޢުލާނުކޮށްފައިވަނީ ތިން ޤައުމުގެ ޚާރިޖީ ވަޒީރުންނާއި ދިފާޢީ ވަޒީރުން އަދި އަސްކަރީ ވެރިން ބައިވެރިވެވަޑައިގެން އިސްތަންބޫލްގައި ބޭއްވި ސްޓްރެޓީޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ. އެ ސެކްރެޓޭރިއެޓް ހިންގާނީ ސެކްރެޓަރީ ޖެނެރަލެއްގެ ބެލުމުގެ ދަށުންނެވެ. ފެށޭ މަރުޙަލާގައި ޕާކިސްތާނުގެ ސެކްރެޓަރީ ޖެނެރަލަކު ތިން އަހަރުގެ ދައުރަކަށް އެ މަގާމު ފުރާނެއެވެ.

ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ތިން ޤައުމުންވެސް ސަރަޙައްދީ ހަމަޖެހުމާއި ދެމެހެއްޓެނިވި ޞުލްޙައަށް ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް އައުކޮށްފައިވެއެވެ. ހަމައެއާއެކު ހަމަނުޖެހުންތައް މައިތިރިކުރުމަށާއި ސަރަޙައްދީ ހާލަތްތަކަށް ޞުލްޙަވެރި ހައްލު ހޯދުމުގެ މަސައްކަތްތަކަށް ތާއީދުކުރާނެ ކަމަށް ވަޢުދުވެފައިވެއެވެ. ދިފާޢީ ޤާބިލުކަން ވަރުގަދަކުރުމާއި ގުޅިފައިވާ ހަރަކާތްތައް މެދުވެރިކޮށް ތިން ޤައުމުގެ ސިފައިންގެ ގުޅުން ބަދަހިކުރުމަށާއި ދިފާޢީ ސިނާޢަތުގައި ގުޅިގެން އުފެއްދުމާއި ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ވެސް އެއްބަސްވެފައިވެއެވެ.

"މިއަދު ތިން ޤައުމުން އެއްބަސްވީ މައްކާ އެއްބަސްވުމުގެ ދަށުން ގުޅިގެން ކުރާ މަސައްކަތް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް — އެގޮތުން ތިން ޤައުމުގެ އެއްބައިވަންތަކަން ވަރުގަދަކޮށް ގުޅިފައިވާ ދިފާޢީ ބާރު ޔަގީންކޮށް ޢަދުލުވެރި ދެމެހެއްޓެނިވި ޞުލްޙައެއް ގާއިމްކުރުމަށް ސަރަޙައްދީ ސަލާމަތީ މަސައްކަތްތަކަށް އެހީވުމަށް" ގުޅިފައިވާ ބަޔާނުގައިވެއެވެ.

ސަޢޫދީ ދިފާޢީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން ވިދާޅުވީ ތިން ޤައުމުގެ ސަލާމަތީ ކަންކަން ގުޅިފައިވާ ކަމަށާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ސިޔާސީ ގޮތުންނާއި ދިފާޢީ ގޮތުން އެކީގައި ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފީދާން ބުނީ އެ އެއްބަސްވުން ފުޅާކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ކަމަށާއި އިތުރު ޤައުމުތައް ބައިވެރިވުމާ ބެހޭ ރޯޑްމެޕެއް ތައްޔާރުކުރުމުގެ މަސައްކަތް ތިން ޤައުމުން ކުރަމުންދާ ކަމަށެވެ.

މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓުގައި އޮގަސްޓް ހަތެއްގައި ސޮއިކުރެއްވީ ސަޢޫދީ ވަލީ ޢަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާނާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާންއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން ތިން ޤައުމުން ކުރެ އެއް ޤައުމަކަށް ދެވޭ ހަމަލައެއް ހުރިހާ ފަރާތްތަކަށް ދެވޭ ހަމަލައެއް ކަމުގައި ބެލެވޭ ގުޅިފައިވާ ދިފާޢީ ޒިންމާ ކަނޑައެޅިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި
21 Nov 2026 ދުނިޔެ

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި

އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީން ހަމަލާދީފައިވަނީ ޔަމަނުގެ ތައީޒްގައި ހުންނަ ދެ ސަރަހައްދަކަށެވެ.

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި
19 Nov 2026 ހަބަރު

އެމްއެންޔޫ އާއި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ހާއްސަ ބަހުސް މުބާރާތެއް ބާއްވައިފި

މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، އިލްމީ ދާއިރާގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދައުވަތު އެރުވުނު ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވިއެވެ.

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު
17 Nov 2026 ދުނިޔެ

އިމްރާން ޚާންގެ ޞިއްޙީ ހާލަތު ގޯސްވެ، އަވަސް ފަރުވާއަށް އެދިވަޑައިގެންފި: ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު

ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން، އެމަނިކުފާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، އަވަސް ޞިއްޙީ ފަރުވާ ހޯދުމުގެ ހުއްދައަށް އެދިވަޑައިގެންފިއެވެ.

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި
17 Nov 2026 ދުނިޔެ

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި

ޔަމަނުގައި އީރާނުގެ ތާޢީދު އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ ކޯލިޝަން ފައުޖުތަކުގެ އިސް ކޮމާންޑަރުގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް ފަހަދު ބިން ޙަމަދު އަލްސަލްމާން ވަކިކޮށް، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި
16 Nov 2026 ކުޅިވަރު

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި

މި ނަތީޖާއާއެކު ފްރާންސް ގްރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.