މެމްބަރު ޠާރިޤް ރަހީނު ކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވެއްޖެ
މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ރަހީނު ކޮށްފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފައިސާ ބަރާކޮށްގެން ދުއްވި ސްޓެލްކޯ ލޯންޗެއް މަހިބަދޫ ބަނދަރަށް ކައިރިކުރިވަގުތު ޠާރިޤް އެ ލޯންޗްގައި ތިބި މީހުންނާއި ސަލާމް ކުރުމަށް ލޯންޗަށް އެރުމުން ލޯންޗުގެ ވައި މުހެލައި ލޯންޗުން ނައްޓާލި ކަމަށެވެ. އަދި ޠާރިޤްވަނީ ކަނޑުމަތީގައި ރަހީނު ކޮށްފައި ކަމަށް ޝިޔާމް ވިދާޅުވެއެވެ.
މި މައްސަލާގައި ފުލުހުންނާއި ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދެއްވާފައެއްމުވެއެވެ.
މީގެ އިތުރު ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައިވަނީ މިރޭ މާލެގެ އެކި ރަށްރަށުގައި އެމްޑީޕީގެ ގްރޫޕްތަކުން ފައިސާ ބަހަމުން ދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށައަޅަމުންދާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް