ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް!
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށައިފި އެވެ.
8:00 ގައި ވޯޓުލާން ފެށި އިރުވެސް ގިނަ އަދަދެއްގެ މީހުން ވަނީ ކިޔޫއަށް އަރާފައެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 4:00 ހަމަޔަށެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ.
މިފަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި ރަށްރަށުގައި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.
އިންތިހާބުގެ ދެވަނަބުރަކަށް ވޯޓްލާންޖެހޭ ހާލަތެއްގައި، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް