10:00 އާއި ހަމައަށް ވޯޓްލީ 36163 މީހުން: އީސީ
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި މިއަދުގެ 10:00 އާއި ހަމައަށް ވޯޓްލީ 36163 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީ އިން ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 282395 މީހުންނަށް ވޯޓް ލުމުގެ ހައްޤު ލިބިފައިވާ ކަމަށާއި އެއީ 144199 ފިރިހެނުންނާއި، 138196 އަންހެނުން ކަމަށެވެ.
އޭގެ ތެރެއިން މިއަދުގެ 10:00 އާއި ހަމައަށް ވޯޓު ލައިފައިވަނީ 36163 މީހުން ކަމަށެވެ. އެއީ 22403 ފިރިހެނުންނާއި، 13760 އަންހެނެއް ކަމަށް އީސީ އިން ބުނެފައިވެއެވެ.
އަބޫދާބީ އާއި ލަންޑަންގައި ބަހައްޓާ ވޯޓު ފޮށި ނޫން އެހެން ހުރިހާ ފޮއްޓެއްގެ ވޯޓުލުންވެސް މިހާރު ކުރިއަށް ދާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް